އީރާނުން އުފައްދާފައިވާ އެންމެ ޒަމާނީ ޑްރޯން އެއް -- ފޮޓޮ: އަލްޖަޒީރާ
ދުނިޔެ
19 May 2024 | 21:59
އީރާންގެ ޒަމާނީ ޑްރޯންތައްވެސް މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޓް ނުކުރެވިފައި

އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ހޯދުމަށް އީރާނުގެ ޒަމާނީ ޑްރޯންތައް ވެސް މޫސުން ގޯސްވުމުގެ ސަބަބުން އޮޕަރޭޓް ނުކުރެވޭ ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އީރާނުގެ ޑްރޯން ފްލީޓް ކޮންޓްރޯލް ކުރާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާއި ހަވާލާދީ ޖަޒީރާއިން ބުނީ، ވިލާތައް ބޯވުމާއި، ވިއްސާރަކުރުމާއި ވައިގަދަވުމުގެ ސަބަބުން އީރާނުގެ ޒަމާނީ ރިކޮނިސަސް އާއި ކޮމްބެޓް ޑްރޯންތައް ގްރައުންޑްވެފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން ރައީސް ރައީސީ ދަތުރު ކުރެއްވި ރިޔާސީ ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި ޑްރޯން ބޭނުން ކުރުމަށް ކުރަމުންދާ މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ.

އައިއާރްޖީސީގެ ތަރުޖަމާނު ދައުލަތުގެ މީޑިއާއަށް ވިދާޅުވީ ޓެކްޓިކަލް ޑްރޯންތަކުގެ އެންމެ ފަހުގެ ޖެނެރޭޝަނަށް ރައްކާތެރިކަމާއެކު އަދި ބޭނުންވި ގޮތަށް އޮޕަރޭޓް ކުރުމަށް ރަނގަޅު ވިޒިބިލިޓީ އާއި ހަމަހިމޭން ވައި ބޭނުންވާ ކަމަށެވެ.

ގްރައުންޑްކޮށްފައިވާ ޑްރޯންތަކުގެ ތެރޭގައި ޝަހީދު-129، ޝަހީދު-191 އަދި ޝަހީދު-171 މޮޑެލް ހިމެނެއެވެ. 

އޭގެ ބަދަލުގައި، ހެލިކޮޕްޓަރު ހޯދުމުގެ މަސައްކަތުގައި މައިގަނޑު ގޮތެއްގައި ބަރޯސާވާން ޖެހުނީ އީރާނުގެ އަސްކަރިއްޔާގެ ހެލިކޮޕްޓަރުތަކަށާއި، ލިމިޓެޑް ރޭންޖާއި އޮޕްޓިކްސް ހިމެނޭ އަބާބިލް އަދި މުހާޖަރު ސީރީޒް ފަދަ މުސްކުޅި ޑްރޯން މޮޑެލްތަކަށެވެ.

ހާއްސަކޮށް ހެލިކޮޕްޓަރު ގެއްލުނު ސަރަހައްދު ކަމަށްވާ އަރްމީނިއާ އާއި އަޒަރުބައިޖާންގެ ބޯޑަރު ކައިރީގައި އޮންނަ އީރާނުގެ ހުޅަނގު އުތުރުގެ ފަރުބަދަމަތީ ސަބާލާން ސަރަހައްދުގައި އުދުހުމުގެ ހާލަތު ގޯސްވުމުގެ މައްސަލަ ވަނީ ކުރިމަތިވެފައެވެ.

ނަމަވެސް އީރާނުގެ އޮފިޝަލުން ބުނަމުން ދަނީ ގެއްލުނު ހެލިކޮޕްޓަރާއި ދަތުރުކުރި މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިނުލައި ކުރަމުން އަންނަ ކަމަށެވެ.

ރައީސް ރައީސީ ގެ އިތުރުން ބޯޓުގައި ތިބި ހަތް މީހުންގެ ޙާލަތު މިހާތަނަށް ކަށަވަރުކޮށްދީފައި ނުވި ނަމަވެސް، އެ ހާދިސާއާ ގުޅޭ ތަފްސީލުތައް ކަމާ ބެހޭ ފަރާތްތަކުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެއެވެ.

އިރާނުން މިފަހަކަށް އައިސް އެގައުމުގެ އެތެރޭގެ ޑްރޯން އުފެއްދުމުގެ ގާބިލްކަން ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނައިރު، މިއީ ބޭރުގެ ހަރުކަށި ބާރުތައް ހުއްޓުވުމަށް ހަރުދަނާ އެސިމެޓްރިކަލް އަސްކަރީ ގާބިލުކަން އުފެއްދުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ނަމަވެސް ރައީސީ ގެއްލުމަކީ އިސްލާމީ ޖުމްހޫރިއްޔާގެ ލީޑަޝިޕަށް ހީވެސް ނުކުރާވަރުގެ ބޮޑު ގެއްލުމެއް ލިބިގެންދާނެ ކަމެކެވެ.

ކޮމެންޓް
މަ
އިސްލާމީ ޖުމްހޫރިއްޔާ އަށް ގެއްލުމަކަށްވާނީ އެމީހުންނަކީ މުސްލިމުންނަށް ހެޔޮ އެދޭ ބައެއްނަމަ! ޝީޢީންނަކީ ދުވަހަކުވެސް މުސްލިމުންނަށް ހެވެއް އެދޭނެ ބައެއްނޫން.
19 May 2024
ގުޅޭ ލިޔުންތައް
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.
25 Aug 2026
ރަސްމާލެއިން ހިއްކި ބިން ގަމަށް ވުރެ ބޮޑުވެއްޖެ
ރަސްމާލެ ބިން ހިއްކުމުގެ 62 އިންސައްތަ ނިމި، ޖުމްލަ 1,150 ހެކްޓަރުގެ ތެރެއިން 609 ހެކްޓަރަށް ވުރެ ބޮޑު ބައެއް ހިއްކައި ގަމަށް ވުރެ ބޮޑުވެފައިވާ ކަމަށް ހައުސިން ވުޒާރާއިން ހާމަކޮށްފިއެވެ.