ހެލިކޮޕްޓަރ ހޯދުމުގެ މަސައްކަތް ކުރަމުންދާ ރެސްކިޔު ޓީމް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
20 May 2024 | 09:53
އީރާންގެ ރައީސާއި ފޮރިން މިނިސްޓަރ ދަތުރުކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަދި އެ ޤައުމުގެ ޚާރިޖީ ވަޒީރު ޙުސައިން އަމީރް ޢަބްދުއްލުހައްޔާނީ އާއި އިސް އޮފިޝަލުން ދަތުރުކުރެއްވި ހެލިކޮޕްޓަރާ ފެނިއްޖެއެވެ. 

އީރާނުގެ ރެޑްކްރެސެންޓާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރައިސީ އާއި އެ ގައުމުގެ ޚާރިޖީ ވަޒީރު ހިމެނޭހެން ބައެއް އިސް އޮފިޝަލުން ދަތުރުފުޅުކުރެއްވި ހެލިކޮޕްޓަރާއި އެ ވެއްޓުނު ސަރަހައްދަށް މިހާރު ރެސްކިޔު ޓީމަށް ވަނީ ދެވިފައެވެ.

އަދި އިރާންގެ ރައީސް ދަތުރުކުރި ކަމަށް ބެލެވޭ ހެލިކޮޕްޓަރުގެ ބައެއް ބައިތައްވެސް އެ ޓީމަށް ފެނިފައިވާއިރު، ހެލިކޮޕްޓަރ އޮތީ އަނދައި ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ބުނެފައިވެއެވެ. 

ރައީސީ ދަތުރުކިރެއްވި ކަމަށް ބެލެވޭ ހެލިކޮޕްޓަރގެ ފޮޓޯއެއް ކަމަށް ބުނެ ދައުރުކުރަމުންދާ ފޮޓޯ: ފޮޓޯ/ އަލްޖަޒީރާ

އީރާންގެ ރެޑްކްރެސެންޓުން ބުނެފައުވާ ގޮތުން ހެލިކޮޕްޓަރ ވެއްޓުނު ސަރަހައްދުން އެއްވެސް މީހެއް ދިރިހުރި ކަމުގެ ނިޝާނެއްވެސް ފެންނަން ނެތެވެ. އެހެންކަމުން، ރައީސީ އާއި އިސް އޮފިޝަލުން މި ހާދިސާގައި ނިޔާވެފައިވާ ކަމަށް މީޑިއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. 

ނަމަވެސް އަދިވެސް ރައިސީގެ ހާލުކޮޅުގެ ސީދާ މައުލޫމާތެއް ސާފު ނުވެއެވެ. ރަސްމީ އެއްވެސް އިދާރާއަކުން އަދި ވަކި އެއްޗެއް ނާންގައެވެ.

ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު ހޯދިފައި މި ވަނީ ބޯ ދުންފިނީގެ ސަބަބުން ގިނަ ގޮންޖެހުންތަަކަކާ ކުރިމަތިވި ނަމަވެެސް މެދުނުކެނޑި 15 ގަޑިއިރިއަށްވުރެ ގިނައިރު ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަނުގެ ތެރެއިންނެވެ.

އީރާނުގެ ޤައުމުގެ ދާޚިލީ ވަޒީރު އަޙްމަދު ވަޙީދީ ވިދާޅުވީ, ކުއްލި ހާލަތެއް މެދުވެރިވެ, ރައީސީ އިންނެވި ހެލިކޮޕްޓަރު ބިމަށް ތިރިކޮށްފައި ވަނީ ވަރަށް ބާރަށް ކަމުގައެވެ. މި ހާދިސާ ހިނގާފައި ވަނީ އީރާނުގެ ހުޅަނގު އުތުރު އީސްޓް އަޒަރްބައިޖާން ޕުރޮވިންސުގެ ޖިލްފާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.