ކެބިނެޓްގެ ކުއްލި ބައްދަލުވުން
ދުނިޔެ
20 May 2024 | 11:47
އިރާންގެ ރައީސް އަވަހާރަވުމާއި ގުޅިގެން ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް!

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމާއި ގުޅިގެން އެގައުމުގެ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައިފިއެވެ.

އީރާނުގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވެފައި ވަނީ އޭނާ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި، ހިނގި ހާދިސާއެއްގައެވެ.

ރައީސީ އަވަހާރަވުމާއި ގުޅިގެން ނާއިބުރައީސް 1، މުހައްމަދު މޮޚްބަރު އިސްވެ އިންނަވައި މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. 

އެ ބައްދަލުވުމަށްފަހު ކެބިނެޓުން ނެރުނު ބަޔާނެއްގައި ވަނީ، ރައިސީއާއެކު ދަތުރުކުރެއްވި އެޤައުމުގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުالله ހިޔާންއާ، އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގެ ގަވަރުނަރު މަލިކް ރަހުމަތީ އަދި ތަބްރީޒް މިސްކިތުގެ އިމާމް އާޔަތުالله އަލްހާޝިމީގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. 

އަދި ރައީސީ އަކީ ހީވާގި، މަސައްކަތްތެރި ބޭފުޅެއްކަމަށާ، އޭނާ އަކީ ގައުމީ މަސްލަހަތު އިސް ކުރައްވައި، ގައުމުގެ ކުރިއެރުމަށް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށްވެސް ވަނީ ބުނެފައެވެ. 

މީގެ އިތުރުން، ރައީސީ ފެއްޓެވި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށާ ގައުމު ހަލުއި ދުވެލީގައި ކިރިއަށް ގެންދިޔުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށްވެސް ބުނެފައިވެއެވެ. 

ރައީސީ އަވަހާރަބެފައިވާއިރު އިރާނުގެ ޤާނޫނު އަސާސީގައި ބުނެފައި ވާގޮތުން ކުއްލި ޙާލަތެއްގައި އެ ޤައުމުގެ ރައީސް އަވަހާރަ ވެއްޖެ ނަމަ، ސުޕްރީމް ލީޑަރުގެ ހުއްދައާއެކު ވެރިކަމާ ހަވާލުވާނީ 1 ވަނަ ނައިބު ރައީސެވެ.

އީރާނުގެ ސިޔާސީ ދަރަޖަތައް ބަހާފައި އޮންނަ ގޮތުން އެ ދައުލަތުގެ ވެރިޔަކީ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީ އެވެ. އަދި ރައީސް ބެލެވޭނީ ސަރުކާރުގެ ދެވަނަ ކޮމާންޑުގެ ގޮތުގަ އެވެ. 

އަދި ކުއްލި ޙާލަތެއްގައި ރައީސް އަވަހާރަ ވެއްޖެ ނަމަ، 1 ވަނަ ނައިބު ރައީސް ވެރިކަމާ ހަވާލުވެ، 50 ދުވަހުގެ ތެރޭގައި، އާ ރައީސަކު އިންތިޚާބު ކުރަން ޖެހެއެވެ.

ކޮމެންޓް
އަހުމަދިދި
އަހަރެން ވަަރައް ދެރަވެއްޖެ..ފަލަސްތީނަށް އެހީތެރިކަމެއް ފޯރުކޮއްދޭނެ ޤައުމެއް ދެންކޮބާބާ
21 May 2024
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.