މިފްކޯގެ ސީއީއީ ސަމާހު
ހަބަރު
21 May 2024 | 10:36
ބޭރުގެ އިންވެސްޓަރުންނަށް މިފްކޯއިން އަަބަދުވެސް މަރުހަބާ ކިޔާނެ: ސީއީއޯ

ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ވިޔަފާރިތައް ގެންނަން، ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މިފްކޯއިން މަރުހަބާ ކިޔާނެ ކަމަށް މިފްކޯ ގެ ސީއީއޯ ސަމާހު ރަޝީދު ވިދާޅުވެއްޖެވެ.

ތައިލޭންޑުގެ ބެންކޮކްގައި ކުރިއަށްދާ 18 ވަނަ އިންފޯފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ވާހަކަ ދައްކަވަމުން ސަމާހު ވިދާޅުވީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އަސާސަކީ ދޮށީގެ މަސްވެރިކަމަށް ކަމަށާ، ދިވެހިން ބާނާ މަހުގެ އުފެއްދުންތައް ދުނިޔޭގެ ބާޒާރުގައި އެންމެ ކޮލިޓީ ގޮތުގައި ބަލައިގަންނަ ކަމަށެވެ. އަދި ބައިކެޗް އުފެދުނަނުދީ، ކަނޑުގެ ދިރުންތަކަށް އެންމެ ގެއްލުން ކުޑަ މަސްވެރިކަމަކީ ދޮށީގެ މަސްވެރިކަން ކަމަށެވެ.

މިއާއެކު ސަމާހު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމުގެ އިތުރުން  ކަނޑު މަހުގެ އުފެއްދުންތައް ތައްޔާރު ކުރަނީވެސް ކޮލިޓީއަށް ބަލައިގެން ކަމަށާ، ކޮލިޓީގެ އެންމެ އުސްފަންތީގައި ދެމިތިބުމަށާއި، އިސްރާފު ކުޑަ ކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި، ދިރާސާކޮށް، ޓެކްނޮލޮޖީއަށް އިންވެސްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ.

“އަޅުގަނޑުމެންގެ ކަނޑުމަހުގެ އުފެއްދުންތަކަކީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ސެޓިފިކެޓްތަކާއެކު އުފައްދާ އުފެއްދުންތަކެއް." ސަމާހު ވިދާޅުވިއެވެ. 

މިއާއެކު ސަމާހު ވިދާޅުވީ ކޭނަރީ އާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށް ވެސް އިންވެސްޓް ކުރުމަށް ވެސް އިންވެސްޓަރުންނަށް މަރުހަބާ ކިޔާނެ ކަމަށެވެ.

"ދިވެހި ކަނޑުމަހާއި އޭގެ އުފެއްދުންތަކަށް ދުނިޔޭގެ އިތުރު މާކެޓްތައް ހޯދައި، ފުޅާ ކުރުމަށް މިފްކޯއިން އިސްނަގައިގެން އަބަދުވެސް މަސައްކަތް ކުރޭ. ހަމައެއާއެކު ކޭނަރީއާއި، މަސް ރައްކާކުރާ ވަސީލަތްތަކާއި، މަސްކިރާ ބޯޓުފަހަރުތަކަށްވެސް އިންވެސްޓް ކުރުމަށް ބައިނަލްއަގްވާމީ އިންވެސްޓަރުންނަށް އަޅުގަނޑު މަރުހަބާ ކިޔަން. މިފްކޯއަކީ ދެމެހެއްޓެނިވި ކަނޑުގެ އިގްތިސާދެއް ގާއިމްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް، ފާގަތި މުސްތަގުބަލެއް ރާއްޖެއަށް ބިނާކޮށްދޭނޭ ބައިވެރިއެއްގެ ގޮތުގައި މި ކުންފުނި އޮންނާނެ."

ސީއީއޯ ސަމާހު

މީގެ އިތުރުން ސަމާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިސްނެންގެވުމުގެ މަތިން ސަރުކާރާއި އެކު މިފްކޯއިން ދަނީ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ކަމަށާ ރާއްޖޭގެ ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކުރުމަށްވެސް ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.