މިއަދު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބެހި، ޗެމްބަރ އޮފް ކޮމާސް އިން ހަދިޔާ ކުރި ފިޔާ - ފޮޓޯ: ދަ ކޮމޮނާސް
ހަބަރު
26 May 2024 | 18:31
ޗައިނާގެ ޗެމްބަރ އޮފް ކޮމާސްއިން ހަދިޔާ ކުރި ފިޔާ ބަހާ ނިންމާލައިފި

ޗައިނާގެ ޗެމްބަރ އޮފް ކޮމާސްއިން ހަދިޔާ ކުރި ފިޔާ ބަހާ ނިންމާލައިފިއެވެ.

ޗައިނާގެ ޗެމްބަރ އޮފް ކޮމާސް އިން ހަދިޔާ ކުރި ފިޔާ ބެހުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި ޖަމިއްޔާ 'ދަ ކޮމޮނާސް' އިން މައުލޫމާތު ދިން ގޮތުގައި، ފިޔާ ބެހުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބު ކަމާއެކު ނިންމާލެވިފައެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ފިޔާ ބެހުމުގެ މަސައްކަތް ފަށާފައިވަނީ މިއަދު ހެނދުނު 09:00 ގައެވެ. އަދި މިއަދުގެ އިރުއޮއްސުމާ ހަމައަށް ފިޔާ ބެހުމުގެ މަސައްކަތް މުޅިން ނިންމާލާފައިވާއިރު، ޖުމުލަ 44 ޓަނުގެ ފިޔާ، 7000 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފޯރުކޮށްދީފައެވެ.

ދަ ކޮމޮނާސް އިން އިތުރަށް މައުލޫމާތު ދިން ގޮތުގައި، މިއަދު ފިޔާ ބަހާފައިވަނީ، ވަކި ފްލެޓެއްގެ ވަކި ބަޔަކަށް ނުބަލާ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހުރިހާ ރައްޔިތުންނަށެވެ.

ފިޔާ ބެހުމުގެ މި ބޮޑު ޙަރަކާތް ނިންމާލުމުގެ ރަސްމިއްޔާތެއް މި މަހުގެ 29 ވަނަ ދުވަހު ސަލާހުއްދީން ސުކޫލުގައި ބޭއްވުމަށް ވަނީ ރާވާފައެވެ. މި ރަސްމިއްޔާތުގައި، ޗައިނާގެ އެމްބަސީގެ އިތުރުން، ޗެމްބަރ އޮފް ކޮމާސް އިންވެސް ބައިވެރިވާނެއެވެ.

ކުރިއަށް އޮތް ތަނުގައިވެސް، މި ފަދަ ޙަރަކާތްތައް ހިންގާނެކަން ފާހަގަކުރަމުން ދަ ކޮމޮނާސް އިން ބުނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިފަދަ ޙަރަކާތްތައް ހިންގުމަށް ފަހި ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ދަ ކޮމޮނާސްއަކީ ޢާންމުންނާއި ގުޅުންހުރި ކަންކަމުގައި ޢާންމުންގެ ފަރާތުން ވަކާލާތުކުރަމުންދާ ޖަމްޢިއްޔާއެކެވެ. ހަހާހަށްވުރެ ގިނަ މެންބަރުން ހިމެނޭ މި ޖަމްޢިއްޔާ މަޝްހޫރުވެފައިވަނީ ކޮތަރުކޮށި ޖަމިއްޔާގެ ނަމުންނެވެ. މި ޖަމްޢިއްޔާއަކީ ދިވެހި ރާއްޖޭގައި ބޮޑުވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައިގައި އެންމެ ބޮޑަށް އަޑުއުފުލާ ޙަރަކާތްތެރިވަމުން ދާ ޖަމްޢިއްޔާކަންވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ޞެހުން
ތިއޮއްސާލީ މާލޭމީހުނަށްދޯ ކޮބާ ރާއްޖެތެރެ
27 May 2024
ދިދަ ދަނޑި
މާލޭ މީހަކަށް ތިއެއް ނުލިބެ.. ހިޔާ ފުލެޓުގަ އޮތީ ރާއްޖެތެރޭ މީހުން.. 44 ޓަނު ފިޔާ ތިބަހާލީ ހިޔާ ފުލެޓް ވެރިކޮށްގެން އުޅޭ ރާއްޖެތެރޭ މީހުނަށް.. ވަރަށް ބޭއިންސާފު.
28 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.