އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް-- ފޮޓޯ: އެމްޑީޕީ
ހަބަރު
28 May 2024 | 13:45
ހުވާ އާއި އެއްގޮތަށް، މިއީ ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް މެމްބަރުންނަށް ފައްޔާޒް އިލްތިމާސްކުރައްވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު ކުރެއްވި ހުވައާއި އެއްގޮތަށް އާ ރައްޔިތުންގެ މަޖިލީހުން ނަތީޖާ ނެރެދިނުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް އިލްތިމާސް ކުރައްވައިފިއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެ ފައްޔާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގެ އައު ބާބެއްގެ ފެށުން ކަމަށެވެ.

އެއާއިއެކު، ރާއްޖޭގެ ގާނޫނުއަސާސީއާއި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް މިއަދު މެމްބަރުން ކުރެއްވި ހުވާ އާއި އެއްގޮތަށް އަމަލުކޮށް، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ނަތީޖާ ނެރޭ މަޖިލީހަކަށް ހެދުމަށް މަސައްކަތްކުރުމަށް އެންމެހައި މެމްބަރުންނަށް ފައްޔާޒް ވަނީ އިލްތިމާސް ކުރައްވާފައެވެ.

"20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެހައި މެންބަރުންނަށް މަރުހަބާ. މިއީ ރާއްޖޭގެ ގާނޫނީ ހަޔާތުގެ އައު ބާބެއްގެ ފެށުން."

ފައްޔާޒް ވިދާޅުވިއެވެ.

މިއަދު ހެނދުނު 9 ޖެހިއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކުން އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރައްވާފައިވާއިރު، އޭގެ ތެރެއިން 75 މެންބަރުންނަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

މިފަހަރުގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ އެއް މެންބަރު، އެމްޑީއޭގެ ދެ މެންބަރުން އަދި ޖޭޕީގެ އެއް މެންބަރު ހިމެނޭއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި 2 މެމްބަރަކު މިފަހަރުގެ މަޖިލީހުގައި ތިއްބަވާނެއެވެ.

މިފަހަރުގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުކޮށްފައިވަނީ ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްރަހީމް އަބްދުއްاللهއެވެ. އަދި  ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.
03 Aug 2026
އަމީނީ މަގަކީ އެމްޑީޕީ ސަރުކާރުގެ ފެންވަރު: މުއްޠަލިބު
މާލޭގެ އަމީނީމަގަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފެށި މަޝްރޫއު އެއް ކަމަށާ، އެ މަޝްރޫޢުން އެނގިގެންދަނީ އެ ސަރުކާރުގެ މަސައްކަތުގެ ފެންވަރު ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.
03 Aug 2026
އައްޑޫ ލިންކު ރޯޑު މަރާމާތު ކުރަން 400 މިލިއަން ޚަރަދުވާނެ: ޑރ. މުއްޠަލިބު
އައްޑޫ ލިންކު ރޯޑަކީ ކޮންމެހެންވެސް ހަދަންޖެހޭ ތަނެއް ކަމަށާ، އެ މަގު ރަނގަޅު ފެންވަރެއްގައި މަރާމާތު ކުރަން 400 މިލިއަނެއްހާ ރުފިޔާ ހޭދަވާނެ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.