ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ - ފޮޓޯ: ބީއެމްއެލް
ހަބަރު
28 May 2024 | 22:00
ބީއެމްއެލްއިން ޔޫއޭއީ ދިރުހަމާއި ޗައިނީސް ޔުއާން އިން މުއާމަލާތް ކުރެވޭ ގޮތް ހަމަޖައްސަނީ

ޔުނައިޓެޑް ޢަރަބްް އެމެރިޓްސް (ޔޫއޭއީ) ދިރުހަމު (އޭއީޑީ) އަދި ޗައިނީސް ޔުއާން އިން މުޢާމަލާތު ކުރެވޭ ގޮތް ތަޢާރަފުކުރަން ބޭންކް އޮފް މޯލްޑިވްސް، އިން ނިންމާފައިވާކަން މިރޭ އިއުލާން ކޮށްފިއެވެ.

މިކަން އިޢުލާން ކުރެއްވީ މިރޭ ކުރިއަށްދާ ބީއެމްއެލް އަހަރީ ޢާއްމު ޖަލްސާގައި ބީއެމްއެލްގެ ސީއީއޯ ކާރލް ސްޓުމްކަ އެވެ.

މި ޖަލްސާގައި ކާރލް ވިދާޅުވީ ބީއެމްއެލް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި އެންމެން ހިޔާރުކުރާ ބޭންކަށްވުމުގެ އަމާޒުގައި ވަރަށްވެސް ސާބިތުކަމާއެކުގައި ކަމަށެވެ.

އަދި ޖިޓަލައިޒޭޝަންއަށް ސަމާލުކަން ދީގެން، ކަސްޓަރުންނަށް ދޭ ޚިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓަން މަސައްކަތް ކުރާނެކަމަށްވެސް ކަރލް ވިދާޅުވިއެވެ.

ބީއެމްއެލް އިން މި މުޢާމަލާތްތައް ކުރެވޭނެ ގޮތް ތަޢާރަފް ކުރަން ނިންމާފައިވާއިރު މިދިޔަ އަހަރަކީ ބީއެމްއެލްއިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރުކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރު ބީއެމްއެލް އަށް ވަނީ ދެ ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
01 Jul 2026
ދިރާގަށް އައު ސީއީއޯއަކަށް ވަލްޑެމާރ ފެރަޑާޒް
40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ރަޝީދު ރިޓަޔާވުމާ ގުޅިގެން ސައުތު އެފްރިކާގެ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ޖުލައި މަހު ކުންފުންޏާ ގުޅިވަޑައިގަންނަވަން ނިންމައިފި
01 Jul 2026
އެމް-ފައިސާ ޕޭޕަލް ޚިދުމަތް ގުޅާލުމަށް ފައިނޭންޝަލް އެކްސްޕޯއަށް
ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 2 އިން 4 އަށް ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި އުރީދޫ މޯލްޑިވްސްގެ ފިންޓެކް ޚިދުމަތްތައް ދައްކާލާނެއެވެ. އެގޮތުން އެމް-ފައިސާ އާއި ޕޭޕަލް ގުޅާލުމުގެ ޚިދުމަތް ދައްކާލާނެއެވެ.
01 Jul 2026
މާވިންގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް
ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ހުކުމް އިއްވުމުގެ މަޖިލީހުގައި ދައުލަތުން ވަނީ މާވިންއަށް ދެވެންއޮތް އެންމެ ބޮޑު އަދަބެއް ދިނުމަށް އެދިފައެވެ