ރާއްޖެއިން ހައްޖަށްދާ މީހުން ހައްޖަށް ފުރުން: ފޮޓޯ/ވޮއިސް
ހަބަރު
31 May 2024 | 13:54
ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު ފުރާނެ

ދިވެހިރާއްޖެއިން މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްދާ މީހުންގެ ފުރަތަމަ ގުރޫޕު މިއަދުގެ ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.

ހައްޖު ކޯޕަރޭޝަނުން ބުނެފައުވާ ގޮތުން، ރާއްޖޭގެ ޙައްޖުވެރީން ސަޢުދީއަށް ފުރާނީ 3 ގުރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ފުރަތަމަ ގުރޫޕުގައި 272 ޙައްޖުވެރީން ހިމެނޭއިރު އެމީހުންގެ އެހީތެރިންގެ ގޮތުގައި 26 މީހަކު މިއަދު މެންދުރުފަހު 3:25 ގައި ހައްޖަށް ދިޔުމަށް ފުރާނެ އެވެ. 

މިއަދު ފުރާ ގްރޫޕުގެ އެންމެންވެސް މިވަގުތު އެއާޕޯޓްގައި ތިބި އިރު، އެމީހުން ހުކުރު ކޮށްފައިވަނީވެސް އެއާޕޯޓްގައެވެ

ރާއްޖެއިން ހައްޖަށްދާ މީހުން ހައްޖަށް ފުރުން: ފޮޓޯ/ވޮއިސް

ރާއްޖެއިން ޙައްޖާދާ މީހުންގެ ދެވަނަ ގުރޫޕު ފުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ. އެ ދުވަހު 330 ޙައްޖާޖީން ފުރާއިރު އެހީތެރިންގެ ގޮތުގައި 23 މީހުން ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

އަދި ރާއްޖެއިން ޙައްޖާދާ މީހުންގެ ތިންވަނަ ގުރޫޕު އަންނަ މަހުގެ 7 ވަނަ ދުވަހު ފުރާއިރު، މި ދުވަހު 316 ޙައްޖުވެރީން ފުރާނެ ކަމަށާ މި ގުރޫޕުގެ އެހީތެރިންގެ ގޮތުގައި 23 މީހުން ފުރާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.

މި ދެ ގުރޫޕުވެސް ފުރުމަށް ހަމަޖެހިފައިވަނީ އެފުރާ ދުވަހުގެ މެންދުރުފަހު 3:25ގައެވެ. އަދި ހުރިހާ ގުރޫޕެއްވެސް ހައްޖަށް ފުރަން ހަމަޖެހިފައިވަނީ ސަޢުދީއެއަރގައެވެ. މިއަހަރު ރާއްޖެއަށް ލިބިފައިވަނީ 1000 ޙައްޖުވެރީންގެ ކޯޓާއެވެ.

ރާއްޖެއިން ހައްޖަށްދާ މީހުން ހައްޖަށް ފުރުން: ފޮޓޯ/ވޮއިސް

ދިވެހި ޙައްޖުވެރިން ފުރުމަށް އެއަޕޯޓަށް ދިއުމަށް ފަސޭހަ އިންތިޒާމުތަކެއް މި އަހަރުވެސް ވަނީ ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ހައްޖުވެރިން އެއަރޕޯޓަށްދާން ވަކި ޚާއްސަ ބަސްތަކެއް ހަމަޖައްސާފައިވާއިރު ހައްޖުވެރިންގެ އާއިލާތަކުގެ ބޭފުޅުންނަށްވެސް އެއަރޕޯޓަށް ދިޔުމަށްވެސް ބަސްތަކެއްވަނީ ޚާއްސަކޮށްފައެވެ.

އެގޮތުން ޙައްޖުވެރީން ގޮވައިގެން މާލޭގެ 6 ސަރަހައްދަކުން އެއަރޕޯޓަށް ދަތުރުކުރާއިރު، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން 6 ސަރަހައްދެއް އަދި ދެވަނަ ފިޔަވަހީގެ 8 ސަރަހައްދަކަށް ބަސް ހުއްޓާނެއެވެ. އަދި މި ސަރަހައްދުތަކަށް 10:30އިން ފެށިގެން ބަސް ދާން ފަށާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި ބަސް އައުމުގެ 15 މިނެޓު ކުރިން އެތަނުގައި ގޮސްހުރުމަށް އެ ވުޒާރާއިން އިލްތިމާސްކުރެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ އެއަރޕޯޓަށް ދިއުމަށް ޙައްޖުވެރީންނަށާއި ޙައްޖުވެރީންގެ ޢާއިލާތަކަށް އެހީވުމުގެ ގޮތުން ބަސް ހުއްޓާ ތަންތަނުގައި ވުޒާރާގެ މުވައްޒަފުންނާއި ކެޑޭޓުންނާއި ގާލް ގައިޑުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.

ރާއްޖެއިން ހައްޖަށްދާ މީހުން ހައްޖަށް ފުރުން: ފޮޓޯ/ވޮއިސް

މިއަހަރު ރާއްޖޭގެ ހައްޖާޖީންނަށް ހައްޖުގެ އަޅުކަމުގައި އުޅޭއިރުވެސް ގިނަ ފަސޭހަތަކެއް ހައްޖު ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ހައްޖާޖީން ގެއްލޭ މައްސަލަ ހައްލު ކުރުމަށް ޓެރެކިންގ ޑިވައިސް އެއް ކޮންމެ ހައްޖާޖީއެއްގެ އަތަށް ދޭން ވަނީ ހަމަޖެހިފައެވެ. އަދި މިނާގައި ތުބޭ އިރު ދޭ ކެއުމުގައިވެސް އެހެން އަހަރު ތަކާއި ޚިލާފަށް މިއަހަރު ދިވެހި ރަހަތައް ހިމެނޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖޫން މަހުގެ 16 ވާ އާދީއްތަ ދުވަހާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.