މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސައުދާ ވާހަކަދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
04 Jun 2024 | 12:54
ރައްޔިތުންގެ އިހްސާސްތައް ދަންނަކަމަށްބުނެ ކުރީ ސަރުކާރުން ހިންގާފައި ވަނީ ޖަރިމާއެއް: ސައުދާ

ރައްޔިތުންގެ އިހްސާސްތައް ދަންނަ ކަމަށްބުނެ، ކަނޑާއި ފަޅުން ގޯތި ދީގެން ހިންގާފައިވަނީ ބޮޑު ޖަރީމާއެއް ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ. 

ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ގޯތިތައް ވަކި މުއްދަތެއްގެ ތެރޭ އަަވަހަށް ދޫކުރަން ލާޒިމުވާ ގޮތަށް ބިމާބެހޭ ޤާނޫނަށް އެމްޑީޕީން އިސްލާހު ހުށަހެޅި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސަށް ފޮނުއްވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި މިދިޔަ މަހުގެ 16 ވަނަ ދުވަހު އަނބުރާ ފޮނުވާލައިފައިވާއިރު މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި ވަނީ އެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ބިލަށް ބަހުސްކުރައްވަމުން ސައުދާ ވިދާޅުވީ، ކުރީ ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކަމަށް ބުނެ ހަގީގަތުގައި ނެތް ބިމަކުން، ކަނޑާއި ފަޅުން ގޯތި ދީގެން ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށެވެ. 

ރައްޔިތުންގެ އިހްސާސްތައް ދަންނަ ކަމަށް، ރައްޔިތުން އުޅޭ ހާލު އެނގޭ ކަމަށް، ދައުވާ ކުރަމުން، މި ކަންކަމަށް ހައްލު ހޯދައިދިނުމުގެ ނަމުގައި މިދިޔަ ސަރުކާރުން މި ހިންގާފައިވަނީ ވަރަށްބޮޑު ޖަރީމާއެއް. މިހެން މި ދަންނަވަނީ ހަގީގަތުގައި ނެތް ތަނަކުން، ނެތް އެއްޗެއް ތިމަންނަމެން ރައްޔިތުންނަށް ދީފީމޭ، މިކަމުގެ ހައްލެއް ގޮތުގައި. މިހެން ބުނެ ހިންގާފައި މިއޮތީ ހަމަ ޖަރީމާއެއް. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް. 

ފާތިމަތު ސައުދާ

ސައުދާ ވިދާޅުވީ، ކުރީ ސަރުކާރުން ކަނޑުފަޅުން ގޯތި ދީފައި އޮތުމުން، ރައްޔިތުންނަށް ބޮޑު މާޔޫސްކަމެއް ލިބިފައިވާ ކަމަށެވެ. 

އަދި ބިމާއި ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައުވާ ގޮތަށް ކޮމިޓީއަށް ފޮނުވައިގެން ކޮމިޓީގެ ވަގުތު ބޭކާރު ކިރެވެން ނެތް ކަމަށާ، އަދުގެ ސަރުކާރުން ބޯހިޔާވަހުކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނުވަދޭނެ ބިލެއް ފަރުވާލޮށްފައި އޮތް އިރު، 19 ވަނަ މަޖިލީހުން ފާސްކުރި އިސްލާހަށް ފުރުސަތު ދޭން ފެނިވަޑައިނުގަންނަ ކަމަށްވެސް ސައުދާ ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.