މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
04 Jun 2024 | 13:02
ތިން މަސްތެރޭ ގޯތި ހަވާލުކުރަން ލާޒިމުކުރާ ބިލު މަޖިލީހުން ބޭރުކޮށްލައިފި

ސަރުކާރުން ރައްޔިތުންނަށް ދޫކުރާ ގޯތިތައް ގޯތި ދޫކުރާތާ ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން، ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ގޯތިތައް ވަކި މުއްދަތެއްގެ ތެރޭ އަަވަހަށް ދޫކުރަން ލާޒިމުވާ ގޮތަށް ބިމާބެހޭ ޤާނޫނަށް އެމްޑީޕީން އިސްލާހު ހުށަހެޅި ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޭޕްރީލް މަހުގެ 29 ގައެވެ. އޭރު އެ ބިލު ފާސްކުރީ އެމްޑީޕީ މެންބަރުންގެ އަޣުލަބިއްޔަތު ކޮންޓްރޯލްކުރި މަޖިލީހުންނެވެ.

އެ ބިލް ފާސްކޮށް ރައީސަށް ފޮނުއްވުމުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ އެ ބިލް ތަސްދީގު ނުކުރައްވައި މިދިޔަ މަހުގެ 16 ވަނަ ދުވަހު އަނބުރާ ފޮނުވާލައިފައިވާއިރު މިއަދު އޮތް ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ޖަލްސާގައި އެ ބިލުގެ ބަހުސް ވަނީ ކުރިއަށް ގެންގޮސްފައެވެ. 

އެގޮތުން، ބިލާ މެދު އަލުން ގޮތެއް ނިންމުމަށް ބަހުސްކޮށް އެމްޑީޕީގެ މެންބަރުން ހުށަހެޅުއްވީ ބިލު ކޮމިޓީއަށް ފޮނުވައި އަލުން ދިސާރާކުރުމަށެވެ. ނަމަވެސް އެކަމަށް ނެގި ވޯޓުގައި 75 މެންބަރުން ދެކޮޅަށް ވޯޓު ދެއްވިއިރު، އެއްކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެންބަރުން އެކަންޏެވެ. އެހެން ކަމުން އެ ހުށަހެޅުން ފާހެއް ނުވި އެވެ.

އެއާއެކު މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ބިލް އޮތް ގޮތަށް ފާސްކުރަން ވޯޓު ނަގާފައުވާއިރު، ބިލު ފާސްކުރުމާ ދެކޮޅަށް 76 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. ފާސްކުރަން ވޯޓު ދިނީ އެމްޑީޕީގެ މެންބަރުންގެ އެކަންޏެވެ. އެހެންކަމުން ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.

ކޮމެންޓް
ދުސޫމާ
އެއްވެސް ކޮޅަކަށް ވޯޓް ނުދިން މެންބަރެއްގެ ވާހަކަ މަޖްލީސް ރައީސް ވިދާޅުވި
04 Jun 2024
ގުޅޭ ލިޔުންތައް
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.
07 Oct 2026
ދަރަވަންދޫ ފަރުގެ މުރަކަ އާލާކުރުމުގެ ޕްރޮގްރާމެއް ފަށަނީ
ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުގެ މުރަކަ އާލާކުރުމަށް "ދިރުން" ޕްރޮގްރާމް ހިންގުމުގެ ޕާޓްނަރޝިޕެއް ޤާއިމުކޮށް، ކޮމިއުނިޓީ މުރަކަ ނާސަރީއެއް ޤާއިމުކުރުމަށް ރާވައިފިއެވެ.