އިންޓާނަލް އޮޑިޓް ކޮމިޓީއެއް އެކުލަވާލައިފި

22 Mar 2019 | 18:48

ދައުލަތުގެ ނަމުގައި ހިނގަމުން އަންނަ ޕަބްލިކް ބޭންކް އެކައުންޓްތަކާއި ޕަބްލިކް ފަންޑުތަކާއި ދައުލަތުގެ މާލީ ހިސާބުތަކުގެ ސައްހަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކޮށް ހިންގަން ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީއެއް ފިނޭންސް މިނިސްޓަރު އެކުލަވާލައްވައިފި އެވެ.

ފިނޭންސް މިިނިސްޓްރީ އިން ބުނެފައިވަނީ އަށް މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީން ދައުލަތުގެ ހުރިހާ އޮފީސްތަކާއި އިދާރާތަކުގައި ހުންނަ ފައިނޭންޝިއަލް ރިސްކްތައް ދެނެގަނެ އެ އޮފީސްތަކުގައި ހުންނަ މުދަލާއި ފައިސާ އާއި އެ ތަކެތީގެ ބަަލަހައްޓާނީ ވެސް އެކޮމެޓީން ކަަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން އެކޮމެޓީގެ މުގަައްރަރަކަށް އައްޔަން ކޮށްފައިވަނީ އަހުމަދު ޝަރީފުއެވެ. އެކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިތުރު ބޭފުޅުންނަކީ ނައިބު މުގައްރަރެއްގެ ގޮތުގައި މުހައްމަދު އާޒާދު އާއި މުހައްަދު އިނާޒްގެ އިތުރުން އޮޑިޓަރ ޖެނެރަލްގެ މަންދޫބެއްގެ ގޮތުގައި އިބްރާހިމް ފަޒީލްއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަންދޫބެއްގެ ގޮތުގައި އެކޮމެޓީގައި އަހުމަދު ޔާމީން ހިމެނިވަޑައިގަންނަވާއިރު، ޕްރައިވެޓް ސެކްޓާރގެ ފަރާތުން ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހަސަން މުހައްމަދު އަދި މުހައްމަދު ޒައީމެވެ. ކޮމިޓީގެ ސެކެރެޓަރީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އާއިޝަތު އަބްދުﷲ ކަމަށް ފިނޭންސުން ބުނެފއިވެއެވެ..

މިދިޔަ މަހުގެ 28 ވަނަ ދުވަހު އެކުލަވާލި ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތު ގަވައިދުގެ 16 ވަނަ ބާބުގެ ދަށުން އެކުލަވާލި ކޮމިޓީއެކެވެ. މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިހާރު ވަނީ ބާއްވާފައެވެ..

Advertisement

ކޮމެންޓް

Advertisement