ބަޔަކު މީހުން ޚުތުބާ އަޑު އަހަނީ
ދީން
14 Jun 2024 | 12:59
ޢަރަފާތު ދުވަހަކީ އެދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަސް: ޚުތުބާ

ޢަރަފާތު ދުވަހަކީ އެދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަސް ކަމުގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

އަރަފާތު ދުވަހާ ގުޅުވައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނީ ޙައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަސް ކަމަށާ އެ ދުވަހަކީ ޢަރަފާތު ދުވަސް ކަމަށެވެ. އަދި ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަސް ކަމަށާ، ޢަރަފާތު ބިމުގައި ޙައްޖުވެރީން އެ ދުވަހުގެ އިރުއޮއްސުމާ ހަމައަށް ތިބޭ ދުވަސްކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޙައްޖުގެ އަޅުކަމާ ބެހޭ ގޮތުން މާތް ނަބިއްޔާ ޞޢވ ޙަދީޘްކުރައްވައިފައިވެއެވެ. (اَلْـحَجُّ عَرَفَةُ)  މާނައީ: "ޙައްޖަކީ ޢަރަފާތުގައި ހުރުމެވެ." 

“ހައްޖު ދުވަހު ކުރާ އެންމެ މާތް ދުޢާ رَسُولُ اللهِ ޞޢވ ވަނީ ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (خَيْرُ الدُّعَاءِ دُعَاءُ يَوْمَ عَرَفَةَ، وَخَيْرُ مَا قُلْتُ أَنَا وَالنَّبِيُّوْنَ مِنْ قَبْلِيْ: لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މާނައީ: "އެންމެ މާތް ދުޢާއަކީ، ޢަރަފާތު ދުވަހުގެ ދުޢާއެވެ. އަދި ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ ކުރީން ފޮނުއްވުނު ނަބީބޭކަލުން ކުރެއްވި އެންމެ މާތް ދުޢާއަކީ (لَا إِلَـٰهَ إِلَّا اللهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْـمُلْكُ وَلَهُ الْـحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ) މިއެވެ.” ހުތުބާގައި ބުންޏެވެ. 

މިއާއެކު ޚުތުބާގައި ބުނީ، ޢަރަފާތު ދުވަހު ޙައްޖުވެރީން ނޫން މީހުން ރޯދަހިފުމީ، مُسْتَحَبُّ ކަމެއް ކަމަށެވެ. އެގޮތުން ޢަރަފާތު ދުވަހުގެ ރޯދައާ ބެހޭ ގޮތުން ސުވާލުކުރެވުމުން މާތް ނަބިއްޔާ ޞޢވ ޙަދީޘްކުރައްވައިފައިވާ ބަސްފުޅުގެ މައްޗަށް ހުތުބާގައި ވަނީ އަލިއަޅުވާލާފައެވެ. 

(يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ) މާނައީ: "(އެ ދުވަހުގެ ރޯދައިގެ ދަރުމައަކީ) އިސްވެދިޔަ އަހަރުގައި ކުރެވިފައިވާ ކުދިފާފަތަކާއި ކުރިއަށް އޮތް އަހަރުގައި ކުރެވިދާނެ ކުދި ފާފަތަކުގެ ކައްފާރާއެކެވެ."

ޚުތުބާގައި ބުނެފައުވާ ގޮތުން އަރަފާތު ދުވަހު ޙައްޖުވެރިޔާ އަށް ރޯދައަށްހުރުން ނެތް ކަމަށެވެ. އެހެން ނަމަވެސް، އޭނާއަށް مُسْتَحَبُّވަނީ ދުޢާކުރުމާއި ޒިކުރުކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ގިނަ ވަގުތު ހޭދަކުރުން ކަމަށާ އެއީ އެ ދުވަހުގެ އެ މަޤާމުގެ ވަޒީފާ ކަމަށެވެ. އަދި އެ ދުވަހު ޙައްޖުވެރީން ތަވާޟުޢުވެރިކަމާއި ޚުޝޫޢަތްތެރިކަމާއި ނިކަމެތިކަން އިޙްސާސްކޮށް ގިނަގިނައިން ތަލްބިޔާގެ އަޑު އުފުލާންވާނެ ކަމަށާ މާތް ނަބިއްޔާ ޞޢވ އަށް ޞަލަވާތްކިޔެވުން ވެސް ގިނަކުރެވޭތޯ ބަލާންވާނެ ކަމަށް ބުނެފައުވެއެވެ. ހަމަ އެހެންމެ،  ޙަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކަށް ވިސްނައި ފާފަފުއްސަވައިދެއްވައިތޯއާއި ނަރަކައިން މިންޖުކޮށްދެއްވުން އެދި ގިނަގިނައިން ދުޢާކުރާން ވެސް ވަނީ ނަސޭހަތްތެރިވެގައެވެ.

މާތް ނަބިއްޔާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. (مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللهُ فِيْهِ عَبْدًا مِنَ النَّارِ مِنْ يَوْمِ عَرَفَةَ) މާނައީ: "ޢަރަފާތު ދުވަހަށް ވުރެ ގިނައިން اللهُ تَعَالَى އެކަލާނގެ އަޅުންނަރަކައިން މުއްތިކުރައްވާ އެހެން ދުވަހެއް ނުވެއެވެ." 

ޢަރަފާތު ދުވަހަކީ އެދުވަހެއްގައި މާތް الله އެކަލާނގެ ދީން ފުރިހަމަ ކޮށްދެއްވި ދުވަހެވެ. ޢަރަފާތު ދުވަހަކީ ބަރަކާތްތެރި ދުވަހެކެވެ. ޙައްޖުވެރީން ޢަރަފާތުގައި ތިބޭ އިރު، މާތް اللهފަޚުވެރިވެވޮޑިގަންނަވައި އެކަލާނގެ މަލާއިކަތުންނަށް އަންގަވައި ވަޙީކުރައްވާނެއެވެ. "ތިމަންރަސްކަލާނގެ އަޅުތަކުން ނިކަން ދެކިބަލާށެވެ! ތިމަންރަސްކަލާނގެ އަޅުތަކުން، ތިމަންރަސްކަލާނގެ ޙަޟްރަތުން، ފާފަފުއްސެވުމަށް އެދި، އައިސް އެތިބީ، ބޯހޭވި، ހިރަފުހާ ތަތްތެޅިގެން، ދުރު ހިސާބުތަކުންނެވެ. ތިޔަ މަލާއިކަތުން ހެކިކުރައްވައި، ތިމަންރަސްކަލާނގެ އެބައިމީހުންނަށް ފާފަފުއްސަވައިދެއްވައިފީމެވެ!"

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ޙައްޖުވެރީންނަށް އެ މާތްކަން މާތް الله ދެއްވައިފައިވާ އިރު އެ ޖަމާޢަތުގައި ބައިވެރި ނުވެވި ރަށުގައި ތިބޭ މީހުންނަށް ވެސް އެ ދުވަހު މާތްކަން ލިބިގަތުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަން ހުރި ކަމަށެވެ. އޭގެ ތެރޭގައި، ރޯދަހިފުމާއި، ޒިކުރުކުރުމާއި ދުޢާކުރުމާއި ތަކުބީރުކިޔުން ފަދަ ހެޔޮ ޢަމަލުކުރުން ހުރި ކަމަށްވެސް ބުނެފައުވެއެވެ.

 މާތްނަބިއްޔާ ޞޢވ ޙަދީޘްކުރައްވައިފައި ވެއެވެ. ( إِنَّ هَـٰذَا يَوْمٌ مَنْ مَلَكَ فِيْهِ سَـمْعَهُ وَبَصَرَهُ وَلِسَانَهُ غُفِرَ لَهُ) މާނައީ: "މިއަދަކީ، އެ މީހެއްގެ އަޑުއެހުމާއި ބެލުމާއި ދޫ ރައްކާތެރިކޮށްފި މީހަކަށް، މާތް الله ފާފަފުއްސަވައިދެއްވާނެ ދުވަހެކެވެ."

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.