ޔަހޫދީން ބުނަނީ ޓެރެރިސްޓުންނަށް އެހީދޭން ނުޖެހޭނެކަމަށް ---
ދުނިޔެ
16 Jun 2024 | 16:27
އެހީގެ ގާފިލާތަކަށް ޔަހޫދީން ހުރަސްއަޅަނީ؛ 50،000 ކުޑަކުދިން އަވަސް އެހީއަށް ބޭނުންވެފައި

ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ޣައްޒާގެ 50 ހާސް ކުޑަކުދިންނަށް އަވަސް ސިއްހީ ފަރުވާ ބޭނުންވާކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދގެ ޖަމްއިއްޔާއިން ބުނެފިއެވެ.

ހޮނިހިރު ދުވަހު ޔޫއެން ރިލީފް އެންޑް ވަރކްސް އެޖެންސީއިން ނެރުނު ބަޔާނެއްގައި ބުނީ އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދިނުމަށް އިސްރާއީލުން ހުރަސްއެޅުމުގެ ސަބަބުން ޣައްޒާގައި ތިބި ފަލަސްތީނުގެ ރައްޔިތުން ތިބީ ބަނޑުހައިހޫނުކަމުގައި ކަމަށާއި، އެހީ ފޯރުކޮށްނުދެވިއްޖެނަމަ އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެކަމަށެވެ.

އދގެ ކުޑަކުދިންގެ ޖަމްއިއްޔާ ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވީ ޣައްޒާއަށް އެހީ އެތެރެކުރުމަކީވެސް އެހާ އުނދަގޫކަމެއްކަމަށާއި، އެތެރެކުރެވޭ އެހީ، އެ އެހީ ބޭނުންވާ ފަރާތްތަކަށް ބެހުމަކީވެސް އެހާ އުނދަގޫކަމެއް ކަމަށެވެ. އދ އުފެދުނުފަހުން އެޖަމްއިއްޔާގެ އެހީތެރިންގެ އެންމެ ގިނަ ބަޔަކު މަރުވެފައިވަނީވެސް އިސްރާއީލުން ޣައްޒާގައި މިހާރު ހިންގަމުންދާ ޢުދުވާނުގައެވެ.

އިސްރާއީލުގެ އިންސާނިއްޔަތާއި ޚިލާފު ޢަމަލުތަކުގެ ތެރޭގައި، ޣައްޒާއަށް އެހީ ހިފައިގެންދާ ގާފިލާތަކަށް ޖެއްސުންކޮށް ދުއްތުރާކުރުން ހިމެނެއެވެ. ޔުނިސެފުން ބުނީ އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ކުރިއާލައި ހުއްދަ ހޯދައިގެން ފަލަސްތީނުގެ 10 ހާސް ކުޑަކުދިންނަށް ބޭނުންވާ ބޭސް ހިފައިގެން ދިޔަ އުޅަނދަކަށްވެސް އިސްރާއީލުން ޖެއްސުންކުރިކަމަށެވެ. އެގޮތުން ދާއިރުއްބާލާ އިން ދަތުރުފަށައިގެން ޣައްޒާ ސިޓީއަށް ކުރި 40 ކިލޯމީޓަރުގެ ދަތުރަށް 13 ގަޑިއިރުވިކަމަށާއި، އޭގެތެރެއިން 8 ގަޑިއިރު ހޭދަވީ ޗެކްޕޮއިންޓްތަކުގައި އިސްރާއީލުގެ އޮފިޝަލުންނާ ޒުވާބުކުރުމުގައިކަމަށްވެއެވެ. އިސްރާއީލުގެ އޮފިޝަލުން އެ އުޅަނދަނީ ވޭނެއްތޯ ނުވަތަ ޓްރަކެއްތޯ ކަނޑައެޅުމަށް އެ ވެހިކަލް ބެލުމަށް އެތައް ގަޑިއިރެއްވެސް ވިއެވެ.

"ކަމުގެ ހަގީގަތަކީ އިސްރާއީލުން އެހީ ހިފައިގެން ދިޔަ މި ވެހިކަލަށް ހުރަސް އެޅީ. އެ އެހީ ފަލަސްތީނުގެ ކުޑަކުދިންނަށް ނުލިބުނީ. ފަލަސްތީނުގެ ބިންތަކަށް ވެރިވެފައިވާ އިސްތިއުމާރީ ބާރުގެ ހައިސިއްޔަތުން، އެ އެއީ އެކުދިންނަށް ލިބިދޭކަން ކަށަވަރުކުރުމަކީ އިސްރާއީލުގެ މައްޗަށް ބައިނަލްއަގްވާމީ ގާނޫނުން ލާޒިމްކުރާކަމެއް"، ޔުނިސެފްގެ ތަރުޖަމާނު ވިދާޅުވިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ އިތުރުން ހައްދުފަހަނައެޅި ޔަހޫދީ އާއްމުންވެސް ގެންދަނީ އެހީ ހިފައިގެންދާ ގާފިލާތަކަށް މަގުމަތިން ހުރަސްއަޅަމުންނެވެ.

ކޮމެންޓް
Anfaal Mohamed
ހެޔޮނުވާނެ އަހަރެމެން އެންމެން ވެސް ހެޔޮދުޣާ ކޮށްދެއްވާފައިވާ ނަމަ އެކަމުގެ ހެޔޮ ދަރުމަ އަހަރުމެންނަށް ﷲދެއްވަވާނެ މިޔަކީ ޝައްކެއްވެސް އޮތްކަމެއްނޫނެވެ
17 Jun 2024
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.