ފުލުހުންނާ އެކު މިފްކޯއިން ބޭއްވި މަޝްވަރާ ބައްދަލުވުން -- ފޮޓޯ: މިފްކޯ
ހަބަރު
24 Jun 2024 | 15:27
ފުލުހުންގެ އެހީތެރިކަމާއިއެކު އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކަރަންޓު ދީ، އޮޕަރޭޝަނަށް ގެންނަނީ

އައްޑޫ ސިޓީގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އަށް ފުލުހުންގެ އެހީތެރިކަމާއި އެކު ކަރަންޓު ދީ، އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ބުނީ، އޭއެފްސީ ގެ އޮޕަރޭޝަން ފެށުމަށް ސައިޓަށް ކަރަންޓު ދިނުމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާތީ އެބޭފުޅުންނާއި އެކު މަޝްވަރާގެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

އެގޮތުން މިއަދު މެންދުރު ފަހު ސައިޓް އަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިފްކޯއިން ބުނެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ލާރި ދިނުން ލަސްވާތީ، އޭއެފްސީގައި މަސްވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން، މަސްފެކްޓްރީގެ ކަރަންޓް ކަނޑާލި އިރު މުވައްޒަފުންނަށް ދަތި ކުރުމުގެ ފިޔަވަޅުތަކެއް މުޒާހަރާގެ ބައިވެރިން ވަނީ އަޅާފައެވެ.

މިގޮތުން އޭއެފްސީއަށް ފަހަތުން ވަދެވޭ ގޮތަށް ހުރި ދޮރު މަސްވެރިން ބަންދުކޮށްފައިވާއިރު، މަސްވެރިންގެ ޓީމަކުން ވަނީ ސައިޓް ގައި ހުރި މިފްކޯގެ ދިދަ ވެސް ނަގާފައެވެ.

މިކަންކަމާއި ގުޅިގެން އިއްޔެ މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އައްޑޫ ސިޓީގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސް އޮޕަރޭޝަނަށް ގެންނައުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާއިރު، އެ މަސައްކަތަށާއި ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާނަމަ ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

މިގޮތުން، ތަން އޮޕަރޭޝަނަށް ގެނައުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މިފްކޯއިން މަސައްކަތް ކުރަމުންދާ ކަމަށާއި، އެ މަސައްކަތަށާއި، ފުލުހުންގެ ޒިންމާތަކަށް ހުރަސް އަޅާ ދޯނިފަހަރުން މިފްކޯއަށް މަސްގަތުން 3 މަސް ދުވަހަށް ސަސްޕެންޑު ކުރުމަށް ނިންމާފައިވާ ކަމަށް މިފްކޯއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް