ފިނޭންސް މިނިސްޓަރ ޑރ ޝަފީގު
ވިޔަފާރި
27 Jun 2024 | 10:50
އިސްލާހުތަކާއެކު ރޭޓިން މަތިވާނެ، ދަރަނި ވެސް އަދާކުރާނަން: މާލީ ވުޒާރާ

ސަރުކާރުގެ މާލީ އިސްލާހުތަކާއެކު ފިޗުގެ ރޭޓިން މަތިވާނެ ކަމަށާ، އަދި ރާއްޖެއިން، ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިވެސް ބަރާބަރަށް ދެއްކޭނޭ ކަމުގެ ޔަގީންކަން މާލީ ވުޒާރާއިން ދީފި އެވެ.

ފިޗުން އިއްޔެ ވަނީ ރާއްޖޭގެ ރޭޓިން މުރާޖައާކުރުމަށް ފަހު "ބީ މައިނަސް"އިން "ސީސީސީ ޕްލަސް"އަށް ދަށްކޮށްފަ އެވެ. އެ ރޭޓިންއަކީ ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑު ގައުމުތަކަށް ދޭ ރޭޓިންއަކަށްވާއިރު، ފިޗްގެ އެ ރޭޓިންއާ ގުޅިގެން މާލީ ވުޒާރާއިން ރޭ ވަނީ ބަޔާނެއް ނެރެފަ އެވެ.

އިނގިރޭސި ބަހުން ނެރުނު އެ ބަޔާނުގައި މާލީ ވުޒާރާއިން ބުނީ ފިޗުން ރޭޓިން ދަށް ކުރުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައި އޮތީ ދަރަންޏަށް ފައިސާ ނެގުމާއި ފައިސާ ދައުރުވާ މިންވަރު ނުވަތަ ލިކުއިޑިޓީއާ ގުޅުންހުރި ނުރައްކާތައް ކަމަށެވެ.

އަދި އެއާއެކު، ދަރަނި ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށް ފިޗުން ބުނެފައިވާކަން ފާހަގަކޮށް މާލީ ވުޒާރާއިން ވަނީ ވަޒީރުންގެ މަޖިލީހުން މި ހަފުތާގައި މާލީ އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައިވާ ކަމަށް ބުނެފައެވެ.

އަދި އެޖެންޑާގައިވާ ކަންކަން ތަންފީޒުކުރުުމުގެ ގޮތުން ސަރުކާރުގެ ހަރަދުތައް ކުޑަކޮށް އަދި އާމްދަނީ އިތުރުކުރުމުގެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅަން ނިންމާފައިވާ ކަމަށް މާލީ ވުޒާރާއިން ބުންޏެވެ. 

ސަރުކާރުން ހުރިހާ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނިތައް ވެސް ކަނޑައަޅާފައިވާ މުއްދަތުތަކުގައި ދައްކަމުން ދާނޭ ކަމުގެ ޔަގީންކަން އަރުވަމެވެ. އަދި ދަރަނީގެ ހާލަތު ރަނގަޅު ކުރަން އަމާޒުކޮށްގެން ހަރަދާއި އާމްދަނީގެ ސިޔާސަތަށް ގެންނަ ބަދަލުތަކާ އެކު، އަދި އިގްތިސާދު ސިންދަފާތު ކުރުމާއި ބޭރުގެ ލޮޅުންތަކުން އިގްތިސާދަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރަން ކުރާ މަސައްކަތުގެ ސަބަބުން ފިޗުގެ ރޭޓިން ދެން މުރާޖައާކުރާއިރު ހެޔޮ ބަދަލެއް އަންނާނެ،"

މާލީ ވުޒާރާ 

މާލީ ވުޒާރާއިން މިހެން ބުނެފައިވާއިރު، ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 2028 ވަނަ އަހަރާ ހަމައަށް އާމްދަނީ އިތުރު ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ސްޓްރެޓެޖީއެއްއާންމުކޮށްފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް، އިމްޕޯޓް ޑިއުޓީ އާއި ޓެލެކޮމް ރޭޓަށް ބަދަލުތައް ގެނައުން ހިމަނައިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ