މާމިގިލި ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހީމް-- ފޮޓޯ: މަޖިލިސް
ވިޔަފާރި
27 Jun 2024 | 15:44
ރާއްޖެ މިހާލަތަށް ވެއްޓުނީ މިދިޔަ ސަރުކާރުން ނެގި ލޯނުތަކާއި ދަރަނިތަކުން: ޤާސިމް

އިގްތިޞާދީ ގޮތުން ރާއްޖެ މިހާ ދަށް ހާލަތަށް ވެއްޓުނީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ނެގި ލޯނުތަކާއި ދަރަނި ތަކުގެ ސަބަބުން ކަމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި މާލިއްޔަތު ކޮމިޓީގެ މުޤައްރިރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މާލީ ވަޒީރު ވަޒީރު ޑރ.މުޙައްމަދު ޝަފީޤް ހާޒިރުކުރައްވައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، ވަޒީރާއި، ކޮމިޓީގެ މެންބަރުންގެ ވާހަކަފުޅުތަކުން، ކުރީ ސަރުކާރުން އެކި ނެގި ލޯނުތަކާއި ދަރަނީގެ ސަބަބުން، ރާއްޖޭގެ އިޤްތިޞާދަށް ބުރަ ބޮޑުވެފައިވާ ހާމަވެގެން ދިޔަ ކަމަށެވެ.

ޤާސިމް ވަނީ ރާއްޖޭގެ އިގްތިޞާދު ބޮޑު އަނދަވަޅަކަށް ވެއްޓުނީ ކުރީ ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތި ހިންގާފައިވާ ދަރަނިތައް ފޫބެއްދުމަށް އެކަށީގެންވާ ހައްލެއް ހޯދާފައިނުވާތީ ކަމަށް ވެސް ވިދާޅުވެފައެވެ.

ޤާސިމް ވިދާޅުވީ، ސުކޫކާއި ބޮންޑާއި ލޯނުގެ ގޮތުގައި ނަގާފައި ހުރި ފައިސާ ދައްކާއިރު، 2025 އާއި 2026 ވަނަ އަހަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ 1 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާކަމަށެވެ. 2025 ވަނަ އަހަރު އެކަނިވެސް 500 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށާއި، މިއަހަރު ވެސް ދަރަނީގެ ގޮތުގައި ފައިސާ ދައްކަން ޖެހޭކަމަށާއި، މިއީ މި ސަރުކާރުން ނެގި ދަރަނިތަކެއް ނޫންކަން ޤާސިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ޤާސިމް ވިދާޅުވީ،ވޯލްޑް ބޭންކާއި ޔޫއެސް ޓްރެޜަރީ ޑިޕަރޓްމަންޓްގެ ބޭފުޅުން ސަރުކާރާއި ބައްދަލުކޮށް، އާސަންދަ ނުދެވި، މަސްވެރިންނަށް ލާރި ދިނުމަށް ދަތިވަނީވެސް މި ދަރަނި ތަކުގެ ސަބަބުން ކަމަށެވެ. އަދި މި ދަރަނި ނެގީ މި ސަރުކާރުން ނޫން ކަމަށާއި، މިއީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ނެގި ދަރަނިތަކެއްކަމަށް ޤާސިމް ވިދާޅުވިއެވެ. 

"ކޮންތާކުން ކާކު ނަގާފައި ހުރި ފައިސާ އަކުން ހެއްޔޭ؟ ކޮން ސަރުކާރަކުން ނަގާފައި ހުރި ފައިސާއިން ހެއްޔޭ؟ އެކަން ސާފުކޮށްދެއްވިއްޔާ މާރަނގަޅުވާނެ ކަންނޭގެ. ސާފުނުކޮށްދެއްވިޔަސް އިނގޭ މި ސަރުކާރުން ނަގައިން ނޫންކަން އެއުޅެނީ. ކޮން ބައެއްކަން ނެގީ. މި ވޭތުވެދިޔަ ސަރުކާރުން ނެގީ. އެމްޑީޕީގެ ސަރުކާރުން ނެގީ."

ޤާސިމް ވިދާޅުވިއެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވަނީ ރާއްޖޭގެ އިގްތިޞާދު ހަމަމަގަށް އަޅުވަން ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވާ، ސަރުކާރަށް މަރުޙަބާ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.