ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން -- ފޮޓޯ: ވޮއިސް
ހަބަރު
29 Jun 2024 | 21:40
އޮޓޮޕްސީ ހެދުމަށް ޖަމީލުގެ އާއިލާއަށް އާދޭސް ދެންނެވިން: ވަޒީރު އިޙްސާން

މާފުށީ ޖަލުގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި މުޙައްމަދު ޖަމީލް ގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމުގެ ހުއްދައަށް އެދި ޖަމީލްގެ އާއިލާއަށް އާދޭސް ދެންނެވިކަމަށާއި، އޮޓޮޕްސީ ނުހަދާ ޖަމީލުގެ ހަށިގަނޑު ވަޅުލީ އާއިލާއިން އެކަމަށް ހުއްދަ ނެދެއްވުމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ޖަމީލުގެ މަރާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ޕްރެސްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިޙްސާން ވިދާޅުވީ އޮޓޮޕްސީ ހެދުމަށް ޖަމީލުގެ އާއިލާއަށް އާދޭސް ދެންނެވުމުންވެސް، އާއިލާއިން ބުނެފައިވަނީ ޖަމީލު މަރުވީ ގަސްތުގައި ބަޔަކު ގެއްލުންދީގެން ކަމަށް ގަބޫލުނުކުރާ ކަމަށެވެ. މީގެ އިތުރުން، ޕޯސްޓްމޯޓަމް ހަދައިގެން ޖަމީލުގެ ހަށިގަނޑަށް އިތުރަށް ގެއްލުންދޭން ބޭނުން ނުވާ ކަމަށްވެސް އާއިލާއިން ބުނެފައިވާ ކަމަށް ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ. ޖަމީލުގެ މަރާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ޖަމީލްގެ އަނގައާއި ނޭފަތުން ފޮނު ޒާތުގެ ތަކެތި އައިކަން ފާހަގަކުރެވިފައިވާ ކަމަށާއި، އަދި އޭގެ އިތުރުން ގޮޅިންނާއި ހަށިގަނޑުން ވެސް އޭނާ އަށް ކުޑަކަމުދެވިފައި ހުރި ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އޮޓްޕްސީ ހަދަން ނިންމި ސަބަބާބެހޭ ގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، އޮޓޮޕްސީ ހަދަން ނިންމީ، ނިޔާވެފައި އޮންނަ މީހެއްގެ ހަށިގަނޑު އޮންނަ އޮތުމުން ހަށިގަނޑުގެ ކުލައަށާއި އައިސްފައި ހުންނަ ބަދަލުތައް އެއީ ބަޔަކު އަނިޔާކޮށްގެން ދީފައިވާ ގެއްލުންތަކެއްކަން ދޭހަވާ ގޮތަށް ވާހަކަތައް ދެކެވެން ފެށި ހިސާބުން ކަމަށެވެ.

ޖަމީލްގެ ހަށިގަނޑު ވަޅުލައިފައިވަނީ ރޭ ފަތިސް ނަމާދަށް ފަހު ގަލޮޅު ސަހަރާގައެވެ.

ކޮމެންޓް
ޟުހައްމަދު
ކަލޭމެއްންއް ތިތައްދަކުވާނެ އިރާދަކުރިއްޔާ
29 Jun 2024
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.