ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓްލްމަންޓް ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާ ވެސް ވަނީ ކުރެވިފައި -- ފޮޓޯ/ މިނިސްޓަރު ސައީދު
ހަބަރު
29 Jun 2024 | 22:14
ޗައިނާ ގެ ކޮމާޝަލް ބޭންކްގެ މެނޭޖްމަންޓަށް މިނިސްޓަރު ސައީދު ޝުކުރު އަދާ ކުރައްވައިފި

އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ މެނޭޖްމަންޓަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ޝުކުރު އަދާ ކުރައްވައިފިއެވެ.

މިނިސްޓަރު ސައީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވަނީ އިންޑަސްޓްރިއަލް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ)ގެ ހެޑް ކުއާޓާސްއަށް މިނިސްޓަރު ކުރެއްވި ޒިޔާރާތުގައި ވެދެއްވި އެހީތެރިކަމަށް ޓަކައި، އެ ބޭންކުގެ މެނޭޖްމަންޓަށް ޝުކުރު އަދާ ކުރައްވައިފައެވެ.

މި މަހުގެ 25އިން 27އަށް ޗައިނާގެ ބެއިޖިންގައި ކުރިޔަށްގެންދިޔަ ދުނިޔޭގެ 15ވަނަ އިކޮނޮމިކް ފޯރަމްގައި މިނިސްޓަރު ސައީދުވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގެ ތެރެއިން މިނިސްޓަރުވަނީ ރާއްޖެއާއި ޗައިނާގެ ވިޔަފާރީގެ ގުޅުން މިހާރަށް ވުރެ ހަރުދަނާކޮށް އިތުރަށް ފުޅާކުރަން ޗައިނާގެ ބޭންކުތަކާއެކު މަޝްވަރާ ވެސް ކުރައްވައިފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އިއްތިފާގުވެވަޑައިގެންފައިވާ ކަންކަން ތަންފީޒު ކުރުމަށް ޗައިނާގެ ފަރާތުން ދޭ އަހަންމިއްޔަތުކަން މިދަތުރުފުޅުގައި ކަށަވަރުވެގެންދިޔަ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

އިކޮނަމިކް މިނިސްޓަރީން ބުނީ ވިޔަފާރީގެ ދާއިރާއަށް ލުއިފަސޭހަތައް ގެނައުމަށްޓަކައި، ރާއްޖެއާއެކު ވިޔަފާރީގެ މުއާމަލާތްތައް ގިނަ އަދަދަކަށް ހިންގާ ބޮޑެތި މާކެޓްތަކާ އެކު ކަރަންސީ ސެޓްލްމެންޓް އެރޭންޖްމެންޓްތައް ހެދުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން އިސްކަން ދެއްވާ ކަމެއް ކަމަށެވެ.

އޮގޮތުން ޗައިނާގައި ކުރިޔަށްދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގެ ތެރެއިން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ކަރަންސީ ސެޓްލްމަންޓް ނިޒާމެއް ގާއިމް ކުރުމުގެ މަޝްވަރާ ވެސް ކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.