ރޭގެ ހަފްލާގައި ޝަހީމް ވާހަކަ ދައްކަވަނީ: ފޮޓޯ/ މިނިސްޓްރީ
ހަބަރު
30 Jun 2024 | 11:14
ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ޚާއްސަ ޕޮކެޓް މަނީއަކާއި އުމްރާ ދަތުރެއް

ކޮންމެ މަހަކު ޤުރުއާނުން ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ކުދިންނަށް ޚާއްސަ ޕޮކެޓް މަނީއެއް އަންނަ އަހަރުން ފެށިގެން ފޯރުކޮށްދޭނެ ކަމަށާ، ޤުރުއާން ހިތުދަސްކުރާ ދަރިވަރުން އުމްރާއަށް ފޮނުވުމުގެ މަޝްރޫޢުއެއް ފެށުމަށް ހަމަޖެހުފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ގުރުއާން ކިޔެވުމުގެ 36ވަނަ ގައުމީ މުބާރާތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ކީރިތި ޤުރްއާނަށާއި، އިސްލާމްދީނަށް ސަރުކާރުން ބޮޑު އަހައްމިއްޔަތުކަމެއް ދެއްވާ ކަމަށާ، ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށެވެ.

މިއާއެކު ޝަހީމް ވަނީ ރާއްޖޭގައި ގުރުއާނުގެ އިލްމު ފުޅާކޮށް، ގުރުއާން ހިތުދަސްކުރުމަށް ބާރު އެޅުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އަންނަ އަހަރުން ފެށިގެން މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ކުދިންނަށް ޕޮކެޓްމަނީ ދޭން ނިންމާފައިވާކަން އިއުލާން ކުރައްވާފައެވެ. 

" "އިރާދަ ކުރެއްވިއްޔާ މި އަންނަ އަހަރުން ފެށިގެން ކޮންމެ މަހަކު ތިން ފޮތަށްވުރެ ގިނައިން ދަސްކުރާ ކުދިންނަށް ޚާއްސަ ޕޮކެޓް މަނީއެއް އަޅުގަނޑުމެން ފޯރުކޮށްދޭނަން"

ޑތ މުހައްމަދު ޝަހީމް ޢަލީ ސަޢީދު

ވަޒީރު، ޑރ. ޝަހީމް އިތުރަށް ވިދާޅުވީ ޤުރުއާން ހިތުދަސްކުރާ ކުދިންނަށް ޕޮކެޓް މަނީއެއް ދިނުމުގެ އިތުރުން އުމްރާގެ އަޅުކަމަށް ފޮނުވުމުގެ މަޝްރޫއެއް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ފައްޓަވާނެކަން އިއުލާން ކުރައްވާފައެވެ. އަދި ވިދާޅުވީ، އެ މަޝްރޫގެ ދަށުން ފުރަތަމަ އުމްރާއަށް ފޮނުވާނީ ފުވައްމުލަކު ސިޓީން ގުރުއާން ހިތުދަސްކުރި ހަތް ދަރިވަރުން ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ، ޤުރުއާނުގެ އިލްމް މުޅިރާއްޖެއަށް ފެތުރުމަށް، ޤުރުއާނާ ބެހޭ މަރުކަޒު ހިންގަން ޚާއްޞަ ބިނާއެއް ޤާއިމް ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށާއި އަދި އްޑޫއާއި ފުވައްމުލަކުގެ އިތުރުން ހައްދުން މައްޗާއި އެހެނިހެން ބައެއް ސަރަހައްދުތަކުގައި ވެސް ޤުރުއާނާ ބެހޭ މަރުކަޒެއް ގާއިމް ކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މީގެ 36 އަހަރު ކުރިން ފެށި ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ވަރަށް ވަރުގަދަ މަދަރުސާއެއްކަމަށާ އެ މަދަރުސާއިން ތަމްރީންވެފައިވާ އެތައް ދަރިވަރުންތަކެއް މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ތަފާތު އެކި ޤުރުއާން މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރަމުންދާ ކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ގުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި 119 މުއައްސަސާއަކުން 1029 ބައިވެރިން ވާދަކުރެއެވެ. މިއަހަރުގެ މުބާރާތް ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި ޤުރްއާން ކުލާސްތަކުގެ އިތުރުން ހާފިޒުންނަށް ބައިވެރިވެވޭ ގޮތަށެވެ. މިފަހަރުގެ ބައިވެރިންގެ ތެރޭގައި 52 ސްކޫލުން 365 ދަރިވަރުންނާއި، ކައުންސިލްތަކުގެ ފަރާތުން ވާދަކުރާ 357 ބައިވެރިންގެ އިތުރުން އެހެނިހެން މުއައްސަސާތަކުގެ 292 ބައިވެރިނ ހިމެނެއެވެ. އަދި ހާފިޒުންގެ ބައިން 15 ބައިވެރިން މި އަހަރު ވާދަކުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.