އަލީ ރަމީޒް--
ހަބަރު
02 Jul 2024 | 14:43
އަމިއްލަ އަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަކީ އަދުލުވެރިކަމާއި އެކު ކުރެވޭނެ ގޮތެއް ނޫން: އަލީ ރަމީޒް

އަމިއްލަ އަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަކީ އަދުލުވެރިކަމާއި އެކު އެކަން ކުރެވޭނެ ގޮތް ނޫންކަމަށް އަލީ ރަމީޒް ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ރަމީޒް ވިދާޅުވެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތައް ހިތަށްއެރި ވަރަކަށް މެންބަރުން އަމިއްލައަށް ކަނޑައަޅާ އޮތުން ބަދަލުކުރަން ޖެހޭ ކަމަށެވެ.

"އަމިއްލައަށް މުސާރައާއި އިނާޔަތްތައް ކަނޑައެޅުމަކީ އަދުލުވެރިކަމާއި އެކު އެކަން ކުރެވޭނެ ގޮތެއް ނޫން،"

އަލީ ރަމީޒު ވިދާޅުވިއެވެ.

އަލީ ރަމީޒު މިފަދައިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ މުސާރައާއި ޢިނާޔަތް ކުޑަކުރުމަށް ނުފެންނަ ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވަނީ މިއަދު ގެ ޖަލްސާގައި ވިދާޅުވެފައެވެ.

ޤާސިމް މިފަދައިން ވިދާޅުވީ، މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުންނެވެ.

ރާއްޖޭގައި އޮންނަނީ ޔުނިޓަރީ ދައުލަތެއް ކަން ފާހަގަކުރައްވަމުން ޤާސިމް ވިދާޅުވގޮތުގައި، މިހާރު މެންބަރުންނަށް ލިބޭ މުސާރައާއި ޢިނާޔަތްތައް އޮތީ، އޮންނަންޖެހޭ އެންމެ ރަނގަޅު މިންވަރުގައެވެ.

ދައުލަތުގެ އެހެން ވުޒާރާތަކާއި ކުންފުނިތަކާއި ތަންތަނުގެ ވެރިންގެ އިތުރުން އަދި އެތަންތަނުގެ މުވައްޒިފުންނަށް ލިބޭ ފަދައިން މަޖިލިސް މެންބަރުންނަކީ އެހެން އެއްވެސް ސިފައެއްގައި ހައްގު ގޮތުގައި ރުފިޔާ ނުލިބޭ ކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮންމެ މަހަކު މުސާރައިގެ ގޮތުގައި، 42،500 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ އަދި ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާ ހިމެނޭހެން އެކު ޖުމްލަ މަދުވެގެން 82،500 ރުފިޔާ ކޮންމެ މަހަކު ލިބެއެވެ. މީގެ އިތުރުންވެސް ބޭސްފަރުވާ އާއި އެހެނިހެން ވެސް އާއްމު ރައްޔިތުންނަށް ނުލިބޭ އެތަށް ފަސޭހަތަކެއް އެ މެންބަރުންނަށް ލިބޭކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ރައްޔިތުމީހާ
މިއިއްޒަތްތެރި މެމްބަރ ހިތްފުރޭވަރުވާނީ އެމެމްބަރުގެ އަޖަލް ހަމަވާދުވަހަކުންނެވެ. މާމިނގިލީ ދާއިރާގެ އިއްޒަތްތެރި މެމްބަރަކީ ވަރަށްބޮޑު ނިކަމެތި ބޭފުޅެކެވެ.
02 Jul 2024
އިއްބެ
ތިޔަކިޔުނީ އަލީރަމީޒަށްވރސް ހެޔޮއެއްޗެއް
02 Jul 2024
ސަޢީދު
އަހަރެންގެވާހަކައަކީ މެމްބަރުންއަމިއްލައައްކަނޑައަޅާމުސާރަނަގަންއަހަރެންދެކޮޅު އެކަންއެހެންއޮންނަނަމައަހަރެންދައުވާކުރާނަން
02 Jul 2024
ބަލަކް
ކަލޭ ތީ ކާކު
03 Jul 2024
ބާބުލްމިއާ
ސުވާލަކީ ކާކު އަމިއްލައަށްހޭ ނުވަނީ ކާކުހޭ ދެން އެކަން ކުރަން މިޖެހެނީ މަޖްލިސް އިން ނިންމީމަ ކަމުނުދާކަމެއް ދެން ކާކުހޭ ނިންމަނީ މަތިން އަންގަވަންހޭ ޖެހީ ދެކޮޅުނުޖެހޭގެ ވެސް ދެކޮޅުނުޖެހޭ ވާހަކަ
05 Jul 2024
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ