ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ: ފޮޓޯ/ މަޖިލިސް
ހަބަރު
08 Jul 2024 | 11:30
ކޮޕީ ރައިޓްސްއާއި އެއާ ގުޅުންހުރި އެހެނިހެން ހައްގުތައް ހިމާޔަތް ކުރުމަށް ކޮޕީ ރައިޓްގެ ގާނޫނަށް އިސްލާހުތަކެއް

ކޮޕީރައިޓްސްއާއި އެއާ ގުޅޭ އެހެނިހެން ޙައްޤުތައް ޙިމާޔަތްކޮށްދިނުމާއި، އެފަދަ ޙައްޤުތަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ހުށަހަޅައިފިއެވެ.

މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސައުދާއެވެ.

ސަރުކާރުގެ ފަރާތުން ސައުދާ ހުށަހެޅި މި ބިލުގެ ބޭނުމަކީ ކޮޕީ ރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާއި ގުޅޭ އެ ނޫން ވެސް ހައްގުތަކާއި ބެހޭ ކަންކަން އިތުރަށް ތަފްސީލު ކުރުމެވެ.

ސައުދާ ހުށަހެޅުއްވި ބިލުގައި އޭނާ ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނު ފުރިހަމަ ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބޭނުމުގައި މި ބިލު އެކުލަވާލުމުގެ މަސައްކަތް ފެއްޓެވިކަން ފާހަގަ ކުރައްވާފަ އެވެ.

އަދި ރާއްޖޭގައި 2011 ވަނަ އަހަރުން ފެށިގެން ކޮޕީރައިޓާ އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނެއް ވުޖޫދުވެފައިވީ ނަމަވެސް މި ގާނޫނުން އިލްމީ އަދި ފަންނީ އުފެއްދުންތައް އުފައްދާ ފަރާތްތަކާއި މިފަދަ ފަރާތްތަކުން އުފައްދާ އުފެއްދުންތަކަށް ލިބިދޭންޖެހޭ ހަގީގީ ރައްކާތެރިކަމާއި ލިބިދޭންޖެހޭ ނަފާއާއި މަންފާ ލިބުމުގެ ގާނޫނީ ބާރު ނެތްކަމަށް ސައުދާ ވިދާޅުވި އެވެ.

އަދި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އެތަށް އިސްލާހުތަކެއް ގެންނަން ޖެހިފައިވީ ނަމަވެސް މިހާތަނަށް މި ގާނޫނަށް ހުށަހަޅާފައިވަނީ އެންމެ އިސްލާހެއްކަން ސައުދާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލުގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ވަރަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދެވަނަ ބާބާއި ތިން ވަނަ ބާބުގެ ނަން އިސްލާހު ކުރުމާއެކު ދެ ވަނަ ބާބަށް 27 އިސްލާހަކާއި ތިންވަނަ ބާބަށް 16 އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ.

ކޮޕީ ރައިޓްސްގެ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުތައް ފާސްވެ، ގާނޫނަކަށް ބަދަލުވުމުން ދިވެހި އާޓިސްޓުންނަށް މަސައްކަތްތައް ބައިނަލްއަޤުވާމީ ބާޒާރަށް ވިއްކައި އޭގެ ނަފާ ހޯދުމުގެ ހައްގު ލިބިގެންދާނެކަމަށް ސައުދާވިއެވެ. 

މި ގާނޫނުގެ ދަށުން އުފެއްދުމެއް ހިމާޔަތް ކުރެވޭނީ، އެ އުފެއްދުމެއް ހުށަހަޅައިދޭ ގޮތަށް ނުވަތަ އުފެއްދުމެއްގައި ހިމެނޭ އެއްޗެއްގެ ސަބަބުން ނުވަތަ އެ އެއްޗެއްގެ ފެންވަރަށް ނުވަތަ މަގްސަދަށް ބަލައިގެން ނޫންކަމަށް ބިލުގައި ވެއެވެ. އަދި ބިލުގައި ވަނީ ކޮޕީރައިޓުގެ ވެރިފަރާތުން އެހެން ފަރާތަކަށް ހުއްދަދީފައި ނުވާ ހިނދެއްގައި އެ އުފެއްދުމެއްގެ އަސްލެއް ނުވަތަ ކޮޕީއެއް އާންމުންނަށް ވިއްކުން ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ އާންމުންނަށް ދޫކޮށްގެން ނުވާނެކަމަށެވެ.

ގާނޫނު ފާސްވުމުން ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޯގަނައިޒޭޝަނުގެ ވާން ކޮންވެންޝަން ފޯދި ޕްރޮޓެކްޝަން އޮފް ލިޓްރެސީރީ އެންޑް އާޓިސްޓިކްސް ވޯކްސް ގައި ބައިވެރިވުމުން ދިވެހި އާޓިސްޓުންނަށް މަސައްކަތްތައް ބައިނަލްއަޤުވާމީ ބާޒާރަށް ވިއްކައި އޭގެ ނަފާ ހޯދުމުގެ ހައްގު ލިބިގެންދާނެ ކަމަށް ސައުދާ ވިދާޅުވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.