މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރު އިބްރާހިމް މުހައްމަދު ވާހަކަ ދައްކަވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
08 Jul 2024 | 16:36
ފެނިގެން މިދަނީ، ފަންނުވެރިންނާއި ފިކުރުވެރިންގެ ބެލެނިވެރިކަން ސަރުކާރުން ނެގި މަންޒަރު: އިބްރާހީމް މުހައްމަދު

މިއަދު ފެނިގެން މިދަނީ، ފަންނުވެރިންނާއި ފިކުރުވެރިންގެ ބެލެނިވެރިކަން ސަރުކާރުން ނެގި މަންޒަރު ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކޮޕީރައިޓްސްއާއި އެއާ ގުޅޭ އެހެނިހެން ޙައްޤުތައް ޙިމާޔަތްކޮށްދިނުމާއި، އެފަދަ ޙައްޤުތަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތަކާއި އަދަބުތައް ކަނޑައެޅުމާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ސަރުކާރުގެ ފަރާތުން ވަނީ ހުށަހަޅާފައެވެ. 

އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު އިބްރާޙީމް މުހައްމަދު ވަނީ، އެ ބިލު މަޖިލީހަށް ހުށަހެޅުމާއެކު ފެނިގެންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ފުދިގެންދާތަން މަންޒަރު ކަމަށެވެ.

މިއަދު ފެނިގެން މިދަނީ ޕީއެންސީ ސުޕަމެޖޯރިޓީ ނަމޫނާ މަޖިލީހުން ފަންނާނުންނާއި، ހުނަރުވެރިންނާއި، އަދި ފިކުރުވެރިންގެ ބެލެނިވެރިކަން ނެގި މަންޒަރު. މިއީ ވަރަށް މުހިންމު ބިލެއް. ފިކުރުވެރިންނާއި އަދި ފަންނުވެރިންގެ މަސައްކަތަށް ގާނޫނީ ހިމާޔަތް ދެވިގެން ދިޔުމަކީ މިއަދު ވަރަށް ބޭނުންތެރި ކަމެއް. ފައިތުވި ސަރުކާރު ތަކުން މިކަމާމެދު އޮތީ އިހްމާލު ވެފައި

 މެންބަރު އިބްރާހީމް މުހައްމަދު (އިއްބެ ޖަނާބު) 

މިއާއެކު މެންބަރު އިބްރާހީމް ވިދާޅުވީ، ކޮޕީރައިޓްގެ ގާނޫނަށް ގެންނަ އިސްލާހުގެ ފައިދާ އެންމެ ބޮޑަށް ކުރާނެ އެއް ބަޔަކީ އެ ދާއިރާގެ ރައްޔިތުން ކަމަށެވެ. 

އެގޮތުން އެފްއެމްސީޖީ ގެ ކޮޕީރައިޓާއި ގުޅުން ހުރި މައްސަލައެއް ދާދިފަހުންވެސް ފެންމަތިވި ކަމަށާ، އެފަދަ ކަންކަމާއި ގުޅިގެން އާއްމުންގެ ސިއްހަތަށްވެސް ގެއްލުން ލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ. 

ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ސައުދާ ހުށަހެޅި ބިލުގެ ބޭނުމަކީ ކޮޕީ ރައިޓާއި އެއާއި ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން ކޮޕީރައިޓުގެ ހިމާޔަތް ލިބިދޭ އުފެއްދުންތަކާއި ކޮޕީރައިޓާއި ގުޅޭ އެ ނޫން ވެސް ހައްގުތަކާއި ބެހޭ ކަންކަން އިތުރަށް ތަފްސީލު ކުރުމެވެ.

މި ބިލުގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ވަރަށް ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދެވަނަ ބާބާއި ތިން ވަނަ ބާބުގެ ނަން އިސްލާހު ކުރުމާއެކު ދެ ވަނަ ބާބަށް 27 އިސްލާހަކާއި ތިންވަނަ ބާބަށް 16 އިސްލާހެއް ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.