ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު: ފޮޓޯ/ މަޖިލިސް
ހަބަރު
09 Jul 2024 | 12:01
ސިޔާސީ މަގާމުތައް އިތުރުކުރުން ހުއްޓުވަން ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުން ހުއްޓުވުމަށާއި ސަރުކާރު ކުންފުނިތަކުގެ އާދައިގެ މަގާމުތަކުގައި ތިބި މުވައްޒަފުން ހައްދެއް ނެތި ވަކި ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.

އެ ކުއްލި މައްސަލަ މަޖިލިސް ތަޅުމުން ބަލައިގަނެ ބަހުސްކުރަން ނެގި ވޯޓުގައި މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. އެއީ އެމްޑީޕީ މެންބަރުންނެވެ. އެ މައްސަލަ ބަލައިނުގަތުމަށް 57 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

މައުރޫފް ހުށަހެޅި މައްސަލައިގައިވަނީ، ދައުލަތުގެ ބަޖެޓު ފައިނޭންސް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ދިމާވެފައިވާތީ، ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް، ގިނަ ފިޔަވަޅުތަކެއް އަޅުއްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާކަން ފާހަގަކުރައްވާފައެވެ.

ނަމަވެސް، ސަރުކާރުން ސިޔާސީ މަގާމުތައް ގިނަ ކުރަމުންދާ ކަމަށާއި ސަރުކާރު ކުންފުނިތަކަށްވެސް ގިނަ މުވައްޒަފުން ނަގަމުންދާ ކަމަށެވެ.

އެގޮތުން، ސަރުކާރުގެ ސިޔާސަތަކީ ސިޔާސީ މަގާމުތައް 700 އަށް ވުރެ ދަށުގައި ހިފެހެއްޓުން ކަމަށްވާއިރު، އެ އަދަދު މިހާރު 2،000 އަށްވުރެ އިތުރު ކަމަށް ބައެއް މީހުން ފާހަގަކުރާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ. އަދި، ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުމަށް ރައީސަށް ލިބިދީފައިވާ ބާރު އޭގެ ނާޖާއިޒު ގޮތުގައި ހިއްޕަވަމުންދާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އަދި އޭގެ އިތުރުން. ސަރުކާރު ކުންފުނިތަކުގެ އާދައިގެ ވަޒީފާތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށްވެސް މި މައްސަލައިގައި ބުނެފައިވެ އެވެ. 

އެގޮތުން، އާރްޑީސީ އިން ވެސް އެތައް ބަޔަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާ، ވަކި ސިޔާސީ ޕާޓީއަކަށް ތާއިދު ކުރުމުން ވެސް ފާއިތުވި ދެމަސް ދުވަހުގެ ތެރޭގައި މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މިފްކޯ އިން ވެސް ފާއިތުވި ހަފްތާގައި އެތައް ބަޔަކު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް
ދޮންދުބުރިމާ
ސަރުކާރު ގެ ސިޔާސަތު ކަނޑައަޅައި ހިނގާނެ ގޮތެއް ތިހެން އަދި އެއްޗެއް ހުށައެޅިޔަކަސް ނޭގޭނެ
09 Jul 2024
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.