ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
09 Jul 2024 | 12:57
ދައުލަތުގެ ދަރަންޏާއި ބެހޭ ބިލާއި، ފިސްކަލް ޒިންމާގެ ބިލަށް އާއްމުންގެ ޚިޔާލް ހޯދަނީ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، "ދައުލަތުގެ ދަރަންޏާބެހޭ ބިލު" އާއި “ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު” އަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނެއްގަައި ބުނީ، މާލިއްޔަތު ކޮމިޓީން ދިރާސާ ކުރަމުންދާ މި ދެ ބިލަށް އެއްވެސް ފަރާތެއްގެ ޚިޔާލެއް ނުވަތަ އިސްލާޙެއް އޮތް ނަމަ، 15 ޖުލައިވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށެވެ. 

އެގޮތުން ޚިޔާލް ހުށަހަޅާނީ، [email protected] އަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމަކުން ކަމަށްވެސް ބުނެފައިވެއެވެ. 

ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ. އަދި ދަރަންޏާ ބެހޭ ބިލު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ.

މީގެ ތެރެއިން މިހާރު އަމަލު ކުރަމުންދާ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގެ ބަދަލުގައި ސަރުކާރުން ހުށައެޅި ފިސްކަލް ޒިންމާގެ ބިލުގައި ފައިސާ ޗާފުކުރެވޭނެ އަދަދު ވަނީ އިތުރުކޮށްފައެވެ.

ހަރަދަށް ޒިންމާވާ ގާނޫނުގައި އޮންނަ ގޮތުން، ސަރުކާރަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެޑްވާންސްކޮށް ފައިސާ ނެގޭނީ ނުވަތަ ޗާޕު ކުރެވޭނީ އެއް ޕަސެންޓެވެ. އެއީ ގާތްގަނޑަކަށް 270 މިލިއަން ރުފިޔާއެވެ.

އެހެންނަމަވެސް، އާ ބިލުގައިވަނީ ދައުލަތުގެ ކޭޝް ފްލޯ މެނޭޖު ކުރުމަށް ބޭނުންވެއްޖެ ހާލަތެއްގައި، ފައިސާ ޗާފުކުރެވޭނެ އަދަދު 2.5 އިންސައްތައަށް އިތުރުކޮށްފައެވެ.

މިއީ ދައުލަތުގެ ފިސްކަލް އެންމެހައި ކަންކަން ހިންގަނީ ފިސްކަލް ޑިސިޕްލިން ހާސިލު ކުރެވޭނެ ގޮތަށް، ދެފުށް ފެންނަ ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމުގެ ގޮތުން ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލާއިއެކު، މަޖިލީހުން މިއަދު ބަލައިގަނެ ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ދަރަންޏާ ބެހޭ ބިލްގައި ދައުލަތުން ސޮވްރިން ގެރެންޓީ ދޭގެ ގޮތްތަކާއި ލޯކަލް ކައުންސިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދަރަނި ނެގުމުގައި އަމަލުކުރާނެ ގޮތްތައް ބަޔާންކޮށްފައިވާއިރު، ދައުލަތުގެ ދަރަންޏާ ގުޅޭ މައުލޫމާތުތައް އެކްސްޓާނަލް އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓެއް ހަދައި، ދަރަނީގެ ސްޓްރެޓެޖީ ރައީސުލްޖުމްހޫރިއްޔާ އަށް ހުށަހަޅައި ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 15 ކުރިން ފާސްކުރަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހަމައެއާއިއެކު، އެ ހުރިހާ ކަމެއް މެނޭޖް ކުރުމަށް ހާއްސަ އޮފީހެއް ވެސް އުފައްދަންޖެހޭނެ ކަމަށް ވެސް ދަރަންޏާއި ބެހޭ ބިލުގައި ވެއެވެ.

މި ދެ ބިލު ވެސް މަޖިލީހުން ބަލައިގަނެ، ކޮމެޓީއަށް ފޮނުވަން ފާސްކުރީ 78 މެމްބަރުންގެ ވޯޓުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.