ޖޯ ބައިޑެން-- ފޮޓޯ: އޭޕީ
ދުނިޔެ
11 Jul 2024 | 14:37
ބައިޑަން, އެމެރިކާގެ ރިޔާސީ ރޭހުން ވަކިވާން ގޮވާލާ އަޑު ގަދަވަނީ

އެމެރިކާގެ ރިޔާސީ އިންތިހާބު ވާދަކުރައްވާ އެގައުމުގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިހާބުން ވަކިވާން ގިނަ ބަޔަކު ގޮވާލަން ފަށައިފިއެވެ.

މިގޮތުން، ބައިޑަން ނިސްބަތްވާ ޕާޓީ، ޑިމޮކްރެޓްގެ ސެނެޓަރެއް ކަމަށްވާ ވަރމޮންޓްގެ ޕީޓަރ ވެލްޗް ވަނީ ބައިޑެން، އޭނާގެ ކެމްޕެއިން ހުއްޓާލަން ޖެހޭ ކަމަށާއި، ރިޔާސީ އިންތިހާބުގެ ބަހުސްގައި ބައިޑަން ދެއްކި ވާހަކަތައް ހަނދާން ނައްތާލުމަށް އުނދަގޫ ވާނެ ކަމަށެވެ.

މަޝްހޫރު ހޮލީވުޑް އެކްޓަރު އަދި ޑިމޮކްރެޓިކް ގެ ފަންޑްރައިޒަރެއް ކަމަށްވާ ޖޯޖް ކްލޫނީ ވެސް ވަނީ ބައިޑެން މި އިންތިހާބުގައި ވާދަކުރާވަރަށް ވުރެ އުމުރުފުޅުން ދުވަސްވެފައިވާ ކަމަށާއި، މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ކްލޫނީ ވިދާޅުވީ، އޭނާ އާއި ބައްދަލުވި އެ ކޮންގްރެސްގެ ކޮންމެ މެމްބަރެއްގެ ވެސް ހިޔާލު ހުރީ މިފަދައިން ކަމަށެވެ.

މީގެ އިތުރުން ވެސް ޑިމޮކްރެޓަށް ނިސްބަތްވާ މެމްބަރުންނާއި އެމެރިކާގެ ރައްޔިތުންވެސް ދަނީ ބައިޑެން ރިޔާސީ އިންތިހާބުގައި ވާދަކުރުމާއި މެދު ކަންބޮޑުވުން ފާޅުކޮށް، ރިޔާސީ ރޭހުން ވަކިވާން ޖެހޭކަމަށް ގޮވާލަމުންނެވެ.

އުމުރުން 81 އަހަރުގެ ބައިޑެން ރިޔާސީ އިންތިހާބުން ވަކިވުމާއި ގުޅޭ އަޑުތައް މިހާ ގަދަވީ، އެމެރިކާގެ ކުރީގެ ރައީސް އަދި މި އިންތިހާބުގެ ކެނޑިޑޭޓް ޑޮނަލްޑް ޓްރަމްޕާއި ބައިޑެން އާއި އެކު ބޭއްވި ބަހުސްގައި ބައިޑެން ދެއްކި ވާހަކަތަކުގެ ސަބަބުންނެވެ. މިގޮތުން ބައިޑެން ވަނީ ޓްރަމްޕްގެ ބައެއް ބަހުގެ ހަމަލާތަކަށް އެކަށީގެންވާ ގޮތެއްގައި ރައްދު ނުދެވުމާއި އެކު، ދެއްކެވި ވާހަކަފުޅު ވެސް ގިނަ ފަހަރުތަކެއްގެ މަތިން އޮޅިވަޑައިގެންފައެވެ.

އެއީ، ދަތުރުކުރުމުގެ ސަބަބުން ވެވަޑައިގެން ވަރުބަލިކަމުގެ ސަބަބުންވީ ކަމެއް ކަމަށް ބައިޑެން ވިދާޅުވިއިރު، އެބޭފުޅާ ވަނީ ރިޔާސީ އިންތިހާބުން ވަކިނުވާނެ ކަމަށް ވިދާޅުވެފައެވެ.

މިއީ އެމެރިކާގެ މުސްތަގުބަލަށް ވަރަށް މުހިންމު އިންތިހާބަކަށް ވާއިރު، ބައިޑެން ގެ އިތުރުން، އިންތިހާބުގައި ވާދަކުރާ ޓްރަމްޕްގެ އުމުރާއި ގުޅިގެން ވެސް ފާޑުކިޔުންތަކެއް އަމާޒުވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.