ހަރުކަށި ނަތަންޔާހޫ:
ދުނިޔެ
12 Jul 2024 | 15:48
ހައްޔަރު ކޮށްފާނެ ކަމުގެ ބިރަށް، ޗެކް ރިޕަބްލިކާއި ހަންގޭރީ ދަތުރު، ނަތަންޔާހޫ ކެންސަލް ކޮށްފި!

ފަލަސްޠީނުގެ ބިމަށް ނުހައްގުން ގަދަކަމުން ވެރިވެގަނެގެން އެ ބިމުގައި ދިރިއުޅެމުންދާ އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، ހައްޔަރުކުރުމުގެ އަމުރެއް،  އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން (އައި.ސީ.ސީ) އިން ނެރެފާނެ ކަމުގެ ބިރަށް، ޗެކް ރިޕަބްލިކާއި ހަންގޭރީއަށް ކުރަން އޮތް ދަތުރު ކެންސަލް ކޮށްފިއެވެ.

އިސްރާއީލުގެ ނޫސްތަކުން ބުނާ ގޮތުގައި، މި މަހުގެ ފަހުކޮޅު އެމެރިކާއަށް ކުރާ ދަތުރުގައި ނެތަންޔާހޫ ވަނީ ޗެކް ރިޕަބްލިކާއި ހަންގޭރީގައި ޓްރާންސިޓް ކުރުމަށް ނިންމާފައެވެ. 

ނަމަވެސް، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރުމުގެ ބިރަށްޓަކައި މި ޕްލޭން ވަނީ މިހާރު ކެންސަލް ކޮށްލާފައެވެ. އަދި ސީދާ އެމެރިކާއަށް ދަތުރުކުރުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

މެއި މަހު، އައި.ސީ.ސީގެ ޗީފް ޕްރޮސެކިއުޓަރ ކަރީމް ޚާން ވަނީ، ހަނގުރާމައިގެ ތެރެއިން ލާއިންސާނީ ޖަރީމާ ހިންގި ކަމުގެ ތުހުމަތުގައި ނެތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރެއް ނެރުމަށް އެދިފައެވެ.

މިހާރު ފަނޑިޔާރުންގެ ޕެނަލެއް އަންނަނީ މި ވޮރަންޓްތައް ފާސްކުރުމާމެދު މަޝްވަރާކުރަމުންނެވެ. މި ވޮރަންޓްތައް ނެރެފިނަމަ، އައި.ސީ.ސީގެ މެމްބަރުކަން އޮތް 124 ޤައުމުންވެސް، ނެތަންޔާހޫ އެޤައުމަކަށް އައިސްފިނަމަ ހައްޔަރުކުރަން ޖެހޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.
10 Oct 2026
ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރު ހޭދަކޮށްފި
ބީއެމްއެލުން ބުނި ގޮތުގައި މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި އެކި ބޭނުންތަކަށް ކަސްޓަމަރުންނަށް ޖުމްލަ 722 މިލިއަން ޑޮލަރު ވަނީ ދޫކޮށްފައެވެ. މިއީ އެވްރެޖުކޮށް މަހެއްގެ މައްޗަށް ބަލާއިރު 80 މިލިއަން ޑޮލަރެވެ.
10 Oct 2026
ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
ދިއްލީ ފުލުހުން ބުނާ ގޮތުގައި، މިފަދަ މުޒާހަރާއެއް ބޭއްވުމުގެ 10 ދުވަސް ކުރިން އެ އިދާރާއަށް އަންގަން ޖެހޭނެއެވެ. ނަމަވެސް، ސީޖޭޕީން މި މުޒާހަރާ ބާއްވާ ކަމަށް މުޒާހަރާ ފެށުމުގެ އެންމެ 3 ދުވަސް ކުރިން ފުލުހުން ގާތުގަ ބުނުމުގެ ސަބަބުން، ފުލުހުންނަށް މި ހަރަކާތައް ތައްޔާރުވުމަށް ފުރުސަތު ލިބިފައިނުވާ ކަމަށް ދިއްލީ ފުލުހުން ފާހަގަކޮށްފައިވެއެވެ