ވަޒީރު މުއްޠަލިބް-- ފޮޓޯ: މަޖިލިސް
ހަބަރު
15 Jul 2024 | 15:29
ފައިސާ ހަމަޖެހޭ ހިސާބުން އައްޑޫ ބްރިޖް ޕްރޮޖެކްޓު ކުރިއަށްގެންދެވޭނެ: ވަޒީރު މުއްޠަލިބް

 ހިތަދޫ-ހުޅުމީދޫ ގުޅުވާލާ ރާއްޖޭގެ އެންމެ ބޮޑު ބްރިޖް ގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖެހޭ ހިސާބުން އެ ޕްރޮޖެކްޓް ކުރިއަށްގެންދެވޭނެ ކަމަށް އިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާންވަނީ އައްޑޫ ބްރިޖް މަޝްރޫއު ހުއްޓާލާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އޮޅުވާލަމުން އަންނަ ކަމަށް ވިދާޅުވެ، އެ މަޝްރޫއުއާއި ގުޅޭ އަޕްޑޭޓާއި އެ މަޝްރޫއު ކުރިއަށްގެންދަން ރާވާފައިވާ ގޮތުގެ އެންމެ ފަހުގެ ހާމަކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަޒާންގެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު މުއްޠަލިބް ވިދާޅުވީ، އެއީ ސަރުކާރުން އެންމެ އިސްކަން ދޭ އެއް މަޝްރޫއު ކަމަށާއި، ބްރިޖު މަޝްރޫއުގެ ސާވޭގެ މަސައްކަތް ކުރުމަށް މިސްރުގެ ކުންފުންޏަކާއި ހަވާލުކުރިކޮށްފައިވާ ކަމަށެވެ.

އެ ކުންފުންޏާއިއެކު ސޮއި ކުރެވުނު އެމްއޯޔޫގެ ދަށުން އެބޭފުޅުން ފައިސާ ހަމަޖެއްސި ނަމަވެސް، ލޯނު ނަގާނީ ސަރުކާރުން ކަމަށާއި، އެގޮތަށް ކުރިއަށް ދިޔުމަށް ބައެއް ފަރާތްތަކާއިއެކު މަޝްވަރާ ކުރަމުން އަންނަަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެހެންމަ އެބޭފުޅުންނަށް އިންނަނީ އެމްއޯޔޫގެ ދަށުން ފައިސާ އެރޭންޖު ކޮށްދިނުން. ސަރުކާރުން ލޯނު ނަގާނީ, އެހެން ނަމަވެސް އެރޭންޖްކޮށްދޭނީ އެބޭފުޅުން. ދެން އެގޮތުން އެގޮތަށް އެރޭންޖުކުރުމަށް ބައެއް ފަރާތްތަކާ އެކު އަޅުގަނޑުމެން ވާހަކަދައްކައިގެން ކުރިއަށްވެސް އެބަދަން، އެހެންމަ. ފައިސާ ހަމަޖެހޭ ހިސާބުން އިރާދަކުރެއްވިއްޔާ ޕްރޮޖެކްޓު ކުރިއަށްގެންދެވޭނެ" 

ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފައިސާ ހަމަނުޖެހެނީސް ކޮންޓްރެކްޓަށް ވަންނަން ބޭނުންނުވާ ކަމަށާއި، ސަރުކާރުން އެއްބަސްވެވޭ ކަހަލަ ފައިނޭންސިން އެއް ހަމަޖެހިއްޖެނަމަ ސޮއިކުރާނެ ކަމަށާއި، އެހެންނަމަވެސް، ހަމަނުޖެހޭ ކަމަށް ވާނަމަ، އެ މަސައްކަތްކުރެވޭ އެހެން ފަރާތަކާއި އެކު އެ މަސައްކަތްކުރިއަށްގެންދާނެ ކަމަށެވެ.

މިވަގުތު ކުރިއަށްދަނީ މިހާރު އެ މަޝްރޫއުއަށް ސޮއިކޮށްފައިވާ ފަރާތުން ހުށަހަޅާފައި އޮތް ފައިނޭންސިން ކަންތައްތައް އެއި ސަރުކާރަށް އެއްބަސްވެވޭނެ ކަމެއްތޯ ނުވަތަ ނޫންތޯ ބަލައި، އެފަރާތާއި މަޝްވަރާކުރުމުގެ މަސައްކަތްކަމަށް ވަޒީރު ވިދާޅުވިއެވެ.

އައްޑޫ ބްރިޖް  އެޅުމަށް ކުރަންޖެހޭ ދިރާސާތައް ކުރިއަށްގެންދިޔުމަށް މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ" އާއި ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު މުއްޠަލިބް ވަނީ ދިރާސާތައް ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ނިންމާ، މި އަހަރުތެރޭ މި ބްރިޖް ގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް