ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޅިވަރާއި ބެހޭ ވަޒީރު، މެންބަރުންގެ ސުވާލު ތަކަށް ޖަވާބު ދެއްވަނީ: ފޮޓޯ/ މަޖިލިސް
ހަބަރު
17 Jul 2024 | 10:15
ސަރުކާރުގެ ވިސްނުމަކީ މަސައްކަތް ފަށާފައި، ނުހުއްޓޭގޮތަށް ކުރިއަށް ގެންދިޔުން: ރާފިޢު

ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވިސްނުމަކީ އެކި ރަށްރަށުގައި ކުރިއަށް ގެންދާ ޕްރޮޖެކްޓް ތަކުގެ މަސައްކަތް ފަށާފައި، ނުހުއްޓޭނެ ގޮތަށް އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ކުރިއަށް ގެންދިޔުން ކަމަށް އެ ވުޒާރާގެ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު ރާފިޢު އާއި ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރެވިފައިވާއިރު، ގިނަ ރަށްތަކެއްގެ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ބަޖެޓް ކުރެވިފައި ވީނަމަވެސް ޓެންޑަރ ނުކުރެވި، ނޫނީ ފެށުފައި ހުރި ދަނޑުތަކުގެ މަސައްކަތް ކުރިއަށް ނުދަނީ ކީއްވެތޯ މެންބަރުން ވަނީ ސުވާލު ކުރައްވާފައެވެ. 

އެ ސުވާލައް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ޕްރޮޖެކްޓް ތަކަށް ބަޖެޓް ހަމަޖެހިފައި އޮތް ގޮތުން، އަހަރުގެ ކުރީކޮޅު އެ ޕްރޮޖެކްޓްގެ މަސައްކަތް ފެށިއްޖެ ނަމަ، ވަކި ހިސާބަކުން ބަޖެޓްގެ ތާށިކަން އައުމުގެ ސަބަބުން މަސައްކަތް ހުއްޓިގެންދާނެ ކަމަށެވެ. އެހެން ވެއްޖެނަމަ، އެކަމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އެ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ މަސައްކަތް ނުހުއްޓި ކުރިއަށްދާނެ ގޮތަށް ކަންކަން ހަމަޖެއްސެވުމަށް ކަމަށެވެ. 

އަހަރުގެ ކުރީކޮޅު ބަޔަކާއި މަސައްކަތް ހަވާލުކޮށްފި ނަމަ، (ޕްރޮޖެކްޓުގެ) ދެވަނަ ޕޭމަންޓް އަންނައިރު އޮންނާނީ މަސައްކަތް ހުއްޓިފައި. އެހެންވީމާ، ވާގޮތަކީ، ކުރީގައި ބޭނުންކުރާ ދަނޑު ބޭނުން ނުކުރެވި އޮތީމާ ރައްޔިތުންނަށް ވަރަށް ބޮޑު ނުތަނަވަސް ކަމަކާ ކުރިމަތިލާންޖެހޭ. ކުޅެ ކުޅެ ތިބި ދަނޑެއްގައި މަސައްކަތް ކުރާތީ ނުކުޅެވި ރައްޔިތުން ތިބެންޖެހެނީ. ދެން މި މަސައްކަތް ނުފެށިނަމައޭ ރައްޔިތުން ބުނާ ހިސާބުގައި ކަން އޮންނަނީ. އެހެންވީމާ، އަޅުގަނޑުމެންގެ ވިސްނުން މިހުރީ މަސައްކަތް ފަށާފައި މަސައްކަތް ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތެއް ވޭތޯ. ޕްރޮޖެކްޓްގެ ޑިޔުރޭޝަން ކުޑަކޮށްގެން. އަހަރުގެ ކުރީކޮޅުގައި އަޅުގަނޑުމެން އިއުލާން ކުރީ ކަމުގައި ވަނީނަމަ،  ވަކި ހިސާބަކުން ޖެހޭނީ ހުއްޓާލާފައި ބާއްވަން އަންނަ އަހަރު ބަޖެޓަށް ލައިގެން މަސައްކަތް ކުރިއަށް ގެންދަން. 

ވަޒީރު އަބްދުالله ރާފިޢު

ކަންމިހެން ހުރުމުން، ދަނޑުތައް ފަދަ ޕްރޮޖެކްޓްގެ މަސައްކަތް، އަހަރުގެ ފަހުކޮޅުގައި އިއުލާން ކޮށްގެން މަސައްކަތް ފެށުމަށް ނިންމަވާފައިވާ ކަމަށާ، އެގޮތަށް ކަން ކުރުމުން، އަހަރު ނިމޭއިރު ބަޖެޓް ހުސްވި ނަމަވެސް، އަނެއް އަހަރު ފެށިގެންދާއިރު ޕްރޮޖެކްޓަށް ބަޖެޓް ހަމަޖެހި، މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

އެ ވުޒާރާއިން މި ފަދައިން ޕްރޮޖެކްޓްތައް ގެންދިޔުމަށް ނިންމާފައިވަނީ، ސަރުކާރު އައުމަށްފަހު، ވުޒާރާގެ ކަންކަން ކުރިން ކުރިއަށް ގޮސްފައިވާ ގޮތަށް ބަލައި، އެކި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ފަހުގައި ކަމަށްވެއް ވަޒީރު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ
06 Aug 2026
ރުކުމަޑި ކޮންޓްރޯލްކުރުމަށް ފަނިފަކުސަ އާލާކުރަން ސެންޓަރެއް ހުޅުވައިފި
މިއީ ޗައިނާ ސަރުކާރާއި މި މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔަ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ހުޅުވި ސެންޓަރެކެވެ.
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.