ކުޅިވަރާއިބެހޭ ވަޒީރު އަބްދުالله ރާފިޢު: ފޮޓޯ/ މަޖިލިސް
ހަބަރު
17 Jul 2024 | 11:20
ސްޕޯޓްސް އާބިޓްރޭޝަން ހިމަނައި ކުޅިވަރުގެ ގާނޫނަށް ވަރަށް އަވަހަށް އިސްލާހު ގެނެވޭނެ: ވަޒީރު ރާފިޢު

ސްޕޯޓްސް އާބިޓްރޭޝަން ހިމަނައި ކުޅިވަރުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ބަންޑާރަ ނައިބުގެ އޮފީހަށް ވަރަށް އަވަހަށް ފޮނުވޭނެ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިއު މިއަދު ވިދާޅުވެެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުޅިވަރާއި ބެހޭ ވަޒީރާއި ސުވާލު ކުރުމަށް މަޖިލީހަށް ވަނީ ހާޒިރުކުރައްވާއިރު ، އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، ހިތަދޫ ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވަނީ، ސްޕޯޓްސް އާބިޓްރޭޝަން އުފެއްދުމާއި ގުޅޭ ގޮތުން ވަޒީރާއި ސުވާލު ކުރައްވާފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކުޅިވަރުގެ ގާނޫނަށް ގެނެވިގެންދާ ބަދަލުގައި އެކަން ހިމަނާފައިވާނެ ކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ސްޕޯޓްސް އާބިޓްރޭޝަނެއް އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުޅިވަރުގެ ގާނޫނަށް މިހާރު ގެނެވިގެންދާ ބަދަލުގައި އެކަން އަޅުގަނޑުމެންވާނީ ހިމަނާފައި. އިރާދަކުރެއްވިޔާ މިހަފްތާގެ ތެރޭގައި އޭޖީ އޮފީހަށް ފޮނުވާ ގޮތަށް މިހާރު އޮތީ އެމެންޑްމެންޓްސް އަޅުގަނޑުމެންގެ މިނިސްޓްރީން މިއަދު ނޫނީ މާދަމާ އޭޖީ އޮފީހަށް ގެންދާ ގޮތަށް،"

ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިއު

ކުޅިވަރު ގާނޫނަށް 2015 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށިއިރު، ކުޅިވަރުގައި ދިމާވާ މައްސަލަތައް ޝަރުއީ ކޯޓަކަށް ނުގެންގޮސް ކުޅިވަރުގެ އުސޫލުގެ ތެރެއިން ހައްލު ހޯދޭ ފަދަ އާބިޓްރޭޝަން ޕެނަލެއް އޮންނަން ޖެހޭނެ ކުޅިވަރުގެ ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ. 

މިދިޔަ ސަރުކާރުގައި، މަޖިލީހުގައިވެދް އެވާހަކަ ދެކެވުނު ނަމަވެސް އެކަމަށް އަމަލީ ސިފައެއް މިހާތަނަށް އައިސްފައި ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.