ގަވަރުނަރު ޢަލީ ޙާޝިމް ް
ހަބަރު
17 Jul 2024 | 11:54
މިއަދުވެސް ގަވަރުނަރު ކޮމިޓީއަށް ހާޒިރެއް ނުވި؛ މަގާމުން ވަކިކުރަން ލާފާދޭން ކޮމިޓީން ފާސްކޮށްފި!

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަލީ ހާޝިމް މަގާމުން ވަކި ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާއަރުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމުން ހާޝިމް ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް މާލިއްޔަތު ކޮމިޓީން ނިންމައި، ޖަވާބު ދާރީވާން ކޮމިޓީއަށް ހާޒިރުވުމަށް ހާޝިމަށް ތިން ދުވަހުގެ މަތީން ވަނީ ފުރުސަތު ދެއްވާފައެވެ. ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ ކޮމިޓީއަށް ހާޒިރުނުވެ ގަވަނަރު ޖަވާބުދާރީ ވެފައިވަނީ ލިޔުމަކުންނެވެ.

އެއާއެކުވެސް މިއަދުވެސް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކޮމިޓީއަށް ހާޒިރު ވުމަށް ފުރުސަތު ދެއްވާފައުވާއިރު، މިއަދު ހާޒިރު ނުވުމުން،  މާލިއްޔަތު ކޮމިޓީގެ މުގައްރިރު އަދި މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބައްދަލުވުން ފަށްޓަވަމުން ވިދާޅުވީ މެމްބަރުން ކުރައްވަން ބޭނުންވާ ސުވާލުތަކަށް ލިޔުމުން ޖަވާބު ފޮނުއްވިދާނެ ކަން ގަވަރުނަރު އެންގެވި ކަމަށެވެ.

އެހެން ކަމުން، ގާސިމް ވަނީ މެމްބަރުން ސާފުކުރަން ބޭނުންވާ މައުލޫމާތުތައް ލިޔުމުން ފޮނުވަން ފެނޭތޯ ވޯޓަށް އައްސަވައިފައެވެ. އެކަމަކު، އެއްވެސް މެމްބަރަކު ތާއީދު ނުކުރައްވާތީ އެގޮތަށް ފާސްވެފައެއް ނުވެއެވެ.

އެއަށްފަހު، ގާސިމް ހުށަހެޅުއްވީ ނާޒިމްގެ ހުށަހެޅުމާއެއްގޮތަށް ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކުރުމަށް ލަފާދޭން މެންބަރުން މެދުގައި ގޮތެއް ނިންމެވުމަށެވެ. އެ ހުށަހެޅުއްވުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ވަނީ ފާސްވެފައެވެ.

ހާޝިމް މަގާމުން ވަކިކުރަން ހުށަހެޅުއްވީ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމެވެ.

ނާޒިމް ވިދާޅުވި ގޮތުގައި، ގަވަރުނަރުގެ މައްޗަށް ޤާނޫނުން ލާޒިމުކުރާ ޒިންމާތައް އޭގެ އެންމެ އެދެވޭ ގޮތުގައި އަދާކުރަމުންދާތަން ނުފެނެއެވެ. މީގެ ތެރޭގައި، ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރަށް ލަފާދިނުމާއި އަދި އެމްއެމްއޭއަށް ޤާނޫނުން މަތިކޮށްފައިވާ މަޤްސަދުތައް ހާސިލުކުރުމަށް ގަވަރުނަރު ޢަމަލީގޮތުން މަސައްކަތްނުކުރާކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބެންކުތަކާއި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން އާންމުންނަށް ލޯނު ދޫކުރާވަރު ނުސީދާކޮށް ހިފަހައްޓައި ބެންކުތަކުގެ ރިޒާވް އެމްއެމްއޭގައި ބެހެއްޓުމަށް ގަވަރުނަރު ބާރު އަޅާތީ، އިގުތިސާދުގެ ތެރޭގައި ދައުރުވާން ހުރި ފައިސާ މަދުވެ، އިގުތިސާދީ މަސައްކަތްތައް ހުއްޓި އިގުތިސާދުގެ ދުވެލި މަޑުޖެހެމުންދާކަމަށް ނާޒިމް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ވެރިކަމަށް ހަވާލުވިތާ 7 މަސް ވެފައިވާއިރު، މިހާތަނަށް ގަވަރުނަރުގެ ފަރާތުން ސަރުކާރާއި މަޖިލީހަށް އެއްވެސް ލަފައެއް ލިބިފައި ނުވާކަންވެސް ނާޒިމް ފާހަގަ ކުރެއްވިއެވެ. 

އެކަމާއި ގުޅިގެން ޖަވާބުދާރީވެ، ކޮމިޓީ އަށް ގަވަރުނަރު ފޮނުއްވި ލިޔުއްވުމުގައި ވިދާޅުވީ އިގުތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ. އެމްއެމްއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނަނުދީ ރައްކާތެރި ދިމާލަކަށް ވާސިލްވެވޭނެ ގޮތްތައް ޔަގީން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.


ކޮމެންޓް
އަހުމަދު
ގައުމު އިތުރަށް ދަވާނުލެވިގެން އުޅެނީ ޢަލީ ހާޝިމް އެމަގާމުގައި ގުންނަވާތީއެވެ.އެހެންވީމާ އެބަޖެހޭ އޭނާވެސް ބޭރުކުރަން. އެއީ މި ވާގޮތަކީ....
17 Jul 2024
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.