މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
17 Jul 2024 | 17:15
މިނިސްޓްރީއާއި ހަވާލުވެފައި އެންމެ ފުރަތަމަވެސް ކުރި ކަމަކީ މިނިސްޓްރީ އޮޑިޓު ކުރުން: ވަޒީރު ރާފިޢު

ނިމިދިޔަ ސަރުކާރުގައި، ކުޅިވަރާއި ބެހޭ ވުޒާރާއިން ހިންގާފައިވާ އެކިއެކި ފައިސާގެ މުޢާމަލާތާއި ގުޅޭ އޮޑިޓެއް ހަދާފައިވާ ކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަމާއި ގުޅޭގޮތުން، ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. 

އެމްޑީޕީ ވެރިކަމުގައި 600 މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްފައި އެބަހުރި. ހުރިއިރުގައި ތިތަނުގައި އިންޓާނަލް އޮޑިޓެއް ހައްދަވައިފިންތޯ އެމްޑީޕީ ކުދިންގެ ޖީބަށް، މިނިސްޓަރުގެ ޖީބަށް ލީ ކިހާވަރެއްތޯ ބަލާލަން. ހެދިފައި އޮތް ނަމަ އެ މައްސަލަ ޝަރީއަތަށް ފޮނުވާނީ ކޮންއިރަކުންތޯ

މުހައްމަދު އިސްމާޢީލް 

ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާޢީލް 

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓްރީއާއި ހަވާލުވުމަށްފަހު، އެންމެ ފުރަތަމަވެސް ކުރެއްްވި ކަމަކީ އެ މިނިސްޓްރީ އޮޑިޓް ކުރުމުގެ މަސައްކަތް ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ އޮޑިޓް އޮފީހުން އެންމެ ފުރަތަމަވެސް އަޅުގަނޑުމެންގެ އޮފީސް އޮޑިޓް ކުރީ. އެ ރިޕޯޓް އިރާދަކުރެއްވިއްޔާ އަޅުގަނޑު އުއްމީދު ކުރަނީ ހާމަވެގެންދާނެ ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން. 

ކުޅިވަރާއި ބެހޭ ވަޒީރު އަބްދުالله ރާފިޢު

މިއާއެކު ވިލިމާލޭގެ ވޮލީކޯޓާއި, ބާސްކެޓް ބޯޅަ ކޯޓުގެ ހަލާކުވެފައިވާ ކަމަށާ އަދި އެންމެ ފުޓުބޯޅަދަނޑެއް އޮންނާތީ އެކަމުގެ ސަބަބުން ދިމާވާ ދަތިތަކާއި ގުޅޭ ގޮތުން މެންބަރު މުހައްމަދު އިސްމާއީލް ވަޒީރާއި ސުވާލުކުރައްވާފައިވާއިރު، އެ ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، ވިލިމާލޭ ބެޑްމިންޓަން ކޯޓް ކައިރީގައި ބިމެއް އޮތް ކަމަށާ، ސްޕޯޓްސް ކޮމިޔުނިޓީއާއި ގުޅިގެން އެ ބިމުގައި އިތުރު ދަނޑެއް އެޅުމަށް ހޯދުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

އަދި ބާސްކެޓް ބޯޅަ ކޯޓެއް އެޅުމަށް ޕްރޮޕޯސަލް ލިބެމުންދާ ކަމަށާ، އެކަން އިއުލާން ކޮށްގެން ކުރިއަށް ގެންދާގޮތަށް ނިންމަވާފައިވާ ކަމަށްވެސް ވަޒީރު ރާފިޢު ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.