ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
20 Jul 2024 | 08:56
އިސްރާއީލު ފުޓްބޯޅައިން ސަސްޕެންޑް ކުރުމާމެދު ފީފާއިން ގޮތެއް ނިންމުން ފަސްކޮށްފި

ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ގަތުލުއާއްމުގެ ސަބަބުން ފުޓުބޯޅައިން އެގައުމު ސަސްޕެންޑް ކުރުމަށް އެތައް ބަޔަކު ގޮވަމުންދާ ދަނޑިވަޅެއްގައި، އެކަމާއި މެދު ގޮތެއް ނިންމުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާއިން ފަސްކޮށްފިއެވެ.

އިޒްރޭލް ސަސްޕެންޑު ކުރުމަށް އެދި ފަލަސްތީނުން ފީފާއަށް ހުށައަޅާފައިވާއިރު، މީގެ ކުރިން ބެންކޮކްގައި ބޭއްވި ފީފާގެ ކޮންގްރެސްއެއްގެ ތެރެއިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ފުޓުބޯޅައިގެ އެންމެހާ ޙަރަކާތްތަކުން އިޒްރޭލް ސަސްޕެންޑު ކުރުމާ މެދު، ޤާނޫނީ ލަފާ ހޯދުމަށް ފީފާއިން ނިންމާފައިވާކަމަށް އިއުލާނުކޮށްފައެވެ.

އެހެންނަމަވެސް، ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ އޮލިމްޕިކްސް އަށް ފަހު އެކަމާއި މެދު ގޮތެއް ނިންމުމަށް ފީފާއިން ފަސްކޮށްފައިވާކަން ހާމަކޮށްފައިވަނީ އިސްރާއީލާއި ފަލަސްތީނުންވެސް މި މައްސަލައާއި ގުޅޭގޮތުން ތައްޔާރީތަކެއް ވާން އެދިފައިވާތީ ކަމަށް ބުނެއެވެ.

ފީފާއިން ބުނީ، މި މައްސަލައާއި ގުޅޭގޮތުން ހަދާފައިވާ ގާނޫނީ ދިރާސާ 31 އޯގަސްޓް ގެ ކުރިން އެ ޖަމްޢިއްޔާގެ ކައުންސިލާ ހިއްސާކުރެވޭނެ ކަމަށެވެ.

ފީފާއިން މިކަމާއި މެދު ގޮތެއް ނިންމުން ފަސްކުރުމާއިއެކު، ޖުލައި މަހުގެ 26 އިން އޮގަސްޓްމަހުގެ 11 އާއި ހަމައަށް ބާއްވާ އޮލިމްޕިކްސްގައި އިސްރާއީލު ވާދަކުރުމުގެ ފުރުސަތު މިވަނީ ފަހިވެފައެވެ.

މިކަމާއި ގުޅިގެން ފަލަސްތީންގެ ފުޓްބޯޅަ އެސޯސިއޭޝަން (ޕީއެފްއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ، ފީފާއިން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށާއި، އެ ސިޓީގައި މައްސަލަ ފަސްކުރި ކަމުގެ މަޢުލޫމާތު ދީފައިވާ ކަމަށެވެ. ޕީއެފްއޭ އިން ބުނީ ފީފާގެ ސިޓީގައި، ޤާނޫނީ ލަފާ ކައުންސިލަށް ހުށަހެޅުމުން އެ ލަފާ ބަލައިގަންނާނެ ގޮތުގެ ތަފްސީލް ބަޔާންކޮށްފައި ނުވާތީ  އިތުރު މަޢުލޫމާތު ހޯދުމަށް އެދިފައިވާ ކަމަށެވެ.

ފާއިތުވެދިޔަ ހަފްތާގައި ބައިނަލްއަޤްވާމީ ފެންވަރުގެ ޤާނޫނީ ވަކީލުންތަކެއް ތައްޔާރުކުރި ރިޕޯޓެއްގައި ވަނީ ފީފާގެ ގަވާއިދުތަކުގެ ތެރެއިން އިންސާނީ ޙައްޤުތަކާއި އިންސާނިއްޔަތުގެ މަޤްޞަދުތަކާ ގުޅުންހުރި އެތައް ގަވާއިދަކާއި އިސްރާއީލުން ޚިލާފުވެފައިވާތީ، އެ ޤައުމު ފީފާއިން ސަސްޕެންޑް ކުރަން ޖެހޭކަމަށް ބުނެފައެވެ.

ޔަހޫދީން ޣައްޒާގައި ހިންގަމުންދާ އުދުވާނުގައި ފަލަސްތީނުގެ ކުޅިވަރާއި ބެހޭ ފަރާތްތަކާއި ފީފާގެ މުއައްޒަފުންނާއި އެތުލީޓުން ހިމެނޭހެން 300 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އިސްރާއީލު ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް "#ރެޑްކާޑްއިސްރާއީލް" ގެ ނަމުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ފަށާފައިވާއިރު، މި ކެމްޕޭންގައި 4 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެ، އިސްރާއީލާއި މެދު ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

އިސްރާއީލު ފުޓްބޯޅަ އެސޯސިއޭޝަން (އައިއެފްއޭ) ފުޓުބޯޅައިން ސަސްޕެންޑް ކުރުމަށް ހުށަހަޅާފައިވާއިރު، މީގެ ދެ އަހަރު ކުރިން ފީފާ އިން ވަނީ ރަޝިއާ އާއި ޔޫކްރެއިން ގެ ހަނގުރާމަ ފެށުނުތާ 4 ދުވަހުގެ ތެރޭގައި ބައިނަލްއަގްވާމީ މުބާރާތްތަކުން ރަޝިއާ ސަސްޕެންޑް ކުރުމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.