އައިސީޖޭގެ ފަނޑިޔާރުން--- ފޮޓޯ: އީޕީއޭ
ދުނިޔެ
20 Jul 2024 | 10:07
ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށް، ހިންގަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއް: އައިސީޖޭ

ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށް، ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ހިންގަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއްކަމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ކަނޑައަޅައިފިއެވެ.

އައިސީޖޭގެ ފަނޑިޔާރުން ނެރުނު އިރުޝާދީ ލަފާގައި ބުނެފައި ވަނީ, ފަލަސްތީނުގެ ގުދުރަތީ ވަސީލަތްތަކުން ޔަހޫދީން ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ފައިދާ ހޯދަމުންދާ ކަމަށާއި، ބައިނަލްއަޤުވާމީ ޤާނޫތަކާއި, ޖެނީވާ ކޮންވެންޝަންގެ އިތުރުން އދގެ ޗާޓަރާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށެވެ.

އައިސީޖޭގެ ރައީސް ނަވާފް ސަލާމް ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ތިބުމަކީ ޤާނޫނާ ޚިލާފު ކަމެއްކަމަށް ކޯޓުން ދެކޭކަމަށާއި، އެބިންތައް ދޫކޮށް ވީހާވެސް އަވަހަކަށް ޔަހޫދީން ދިއުމަކީ އެމީހުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށެވެ.

އައިސީޖޭއިން އިތުރަށް ބުނީ، ޔަހޫދީން ގަދަކަމުން ވެރިވެގެންފައިވާ ސަރަހައްދުތައް ކަމަށްވާ ވެސްޓް ބޭންކާއި އިރުމަތީ ޖެރޫސަލަމްގައި ދިރިއުޅޭ ޔަހޫދީން އެތަނުން ނުކުމެ، އެތަން އެމީހުން ހިފުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް ޔަހޫދީން އަރައިގަނެފައިވާކަން ފާހަގަކުރަމުން އައިސީޖޭއިން ބުނީ، ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަމުގެ ޙައްޤަށް ޔަހޫދީން އަރައިގަނެފައިވާ ކަމަށާއި, ފަލަސްތީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަތީ ގަދަބާރުން ކަމަށެވެ. މިއީ ވެސް ޔަހޫދީން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އަމަލެއްކަމަށް އައިސީޖޭއިން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުންވެސް އައިސީޖޭއިން ވަނީ ޔަހޫދީން ގަދަކަމުން ވެރިގެންފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކަކީ އެމީހުންގެ ނަސްލާއި މެދު ގެންގުޅޭ ތަފާތުކުރުމެއް ކަމަށް ސިފަކޮށްފައެވެ.

ހަމައެއާއިއެކު، ޔަހޫދީން ޣައްޒާގައި ހިންގަމުންދާ އުދުވާނު ދެމިގެންދާނެ ފަދަ ކަމެއް ކުރުމުންނާއި އެކަމަށް މަގުފަހިވާނެފަދަ އެއްވެސް އެހީތެރިކަމެއް ދިނުމުން ބައިނަލްއަގުވާމީ މުޖުތަމައު ދުރުހެލިވުމަށް އެކޯޓުން ވަނީ ގޮވާލާފައެވެ.

އައިސީޖޭ ގެ މި ނިންމުން ބަލައިގަނެ، ފަލަސްތީނުން ބުނީ، މިއީ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތަކަށާއި އެމީހުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤަށް ލިބުނު ތާރީޚީ ކާމިޔާބީއެއް ކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އައިސީޖޭގެ މި ރައުޔު ބަލައިގަނެ، ފަލަސްތީނުގެ ބިންތަކަށް ޔަހޫދީން ވެރިގަތުން ނިމުމަކަށް ގެނެވޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

މި މައްސަލައިގެ އިތުރުންވެސް، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ކުރިއަށްދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.