ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 Jul 2024 | 10:38
އައިސީޖޭގެ ލަފަޔާއެކު ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެދުމުގެ އުންމީދު އާވެގެންދޭ: ރައީސް ޑރ.މުޢިއްޒު

ފަލަސްޠީނުގެ މުސްލިމުން އަޅުވެތި ކޮށް، ޔަހޫދީ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ހިންގަނީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފު ސިޔާސަތުތަކެއްކަމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ކަނޑައަޅައެޅުމާއިއެކު، ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެދުމުގެ އުންމީދު އާވެގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ، އައިސީޖޭގެ ފަނޑިޔާރުން ނެރުނު އިރުޝާދީ ލަފައަށް މަރުޙަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، ގާނޫނުތަކާއި ހިލާފަށް އިސްރާއީލުން ފަލަސްތީނުގައި ދެމި ތިބުމަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުގެ ޚިލާފު ކަމެއްކަމަށް އައިސީޖޭ އިން ބަޔާންކުރުމާއިއެކު، ފަލަސްތީނުގައި މިނިވަން ދައުލަތެއް އުފެދެމުގެ އުންމީދު އާވެގެންދާ ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވަނީ އިސްރާއީލުން ގާނޫނާއި ޚިލާފަށް ފަލަސްތީނުގައި ވަޒަންވެރިވުމުގެ ސިޔާސަތުތައް ވަގުތުން ނިމުމަކަށް ގެނެސް، ފަލަސްތީނާއި މެދު ގެންގުޅޭ ތަފާތުކުރުންތަކާއި ނަހަމަ އުޞޫލުތަކުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަދަލު ދިނުމަށް ގޮވާލައްވާފައެވެ. 

މިލަފައާއި ގުޅިގެން 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމާއިމެދު ރާއްޖެއިން ކުރަމުންދާ އުންމީދު އައުވެފައިވާ ކަމަށް ވެސް ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އައިސީޖޭގެ ފަނޑިޔާރުން ނެރުނު އިރުޝާދީ ލަފާގައި ބުނެފައި ވަނީ, ފަލަސްތީނުގެ ގުދުރަތީ ވަސީލަތްތަކުން ޔަހޫދީން ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފަށް ފައިދާ ހޯދަމުންދާ ކަމަށާއި، ބައިނަލްއަޤުވާމީ ޤާނޫތަކާއި, ޖެނީވާ ކޮންވެންޝަންގެ އިތުރުން އދގެ ޗާޓަރާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށެވެ.

އައިސީޖޭއިން އިތުރަށް ބުނީ، ޔަހޫދީން ގަދަކަމުން ވެރިވެގެންފައިވާ ސަރަހައްދުތައް ކަމަށްވާ ވެސްޓް ބޭންކާއި އިރުމަތީ ޖެރޫސަލަމްގައި ދިރިއުޅޭ ޔަހޫދީން އެތަނުން ނުކުމެ، އެތަން އެމީހުން ހިފުމުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭކަމަށެވެ.

ފަލަސްތީނުގެ ރައްޔިތުންގެ އިންސާނީ ޙައްޤުތަކަށް ޔަހޫދީން އަރައިގަނެފައިވާކަން ފާހަގަކުރަމުން އައިސީޖޭއިން ބުނީ، ފަލަސްޠީނުގެ މުސްލިމުންގެ މިނިވަން ކަމުގެ ޙައްޤަށް ޔަހޫދީން އަރައިގަނެފައިވާ ކަމަށާއި, ފަލަސްތީނުގެ ބިންތަކަށް ޔަހޫދީން ވެރިވެގަތީ ގަދަބާރުން ކަމަށެވެ. މިއީ ވެސް ޔަހޫދީން ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އަމަލެއްކަމަށް އައިސީޖޭއިން ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުންވެސް އައިސީޖޭއިން ވަނީ ޔަހޫދީން ގަދަކަމުން ވެރިގެންފައިވާ ސަރަހައްދުތަކުގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކަކީ އެމީހުންގެ ނަސްލާއި މެދު ގެންގުޅޭ ތަފާތުކުރުމެއް ކަމަށް ސިފަކޮށްފައެވެ.

ހަމައެއާއިއެކު، ޔަހޫދީން ޣައްޒާގައި ހިންގަމުންދާ އުދުވާނު ދެމިގެންދާނެ ފަދަ ކަމެއް ކުރުމުންނާއި އެއްވެސް އެހީތެރިކަމެއް ދިނުމުން ބައިނަލްއަގުވާމީ މުޖުތަމައު ދުރުހެލިވުމަށް އެކޯޓުން ވަނީ ގޮވާލާފައެވެ.

މި މައްސަލައިގެ އިތުރުންވެސް، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލާއި ދެކޮޅަށް ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެއްވެސް ކުރިއަށްދާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.