Advertisement

50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި

21 Jul 2024 | 07:59
ޢާއިޝަަތު ޢުލްޔާ ޝާއިޤް

އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ.

ޢުލްޔާ މިރެކޯޑް އައުކޮށްފައި ވަނީ އޮސްޓްރޭލިއާ ގައި ކުރިއަށް ދިޔަ ދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ (ޔޫ.ޑަބްލިއު.އޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރ 7 މީޓްގައެވެ. އަދި އޭނާ 50 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 00:28.75 އިންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުންވެސް އާކޮށްފައިވަނީވެސް ޢުލްޔާ އެވެ. އެއީ މިދިޔަ މަހު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 މީޓްގައި 50 މީޓަރ ފްރީސްޓައިލް އިވެންޓު 00:28.81 އިން ފުރިހަމަކޮށްގެންނެވެ.

Advertisement

Advertisement

ކޮމެންޓް