Advertisement

ކާނާ ވިހަވެގެން އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުން ވޯޑަށް ބަދަލުކޮށްފި

ޕޮލިސް ކޮލެޖް--

ޕޮލިސް ކޮލެޖުގެ ކާނާ ވިހަވެގެން އައްޑޫ ސިޓީ އެކުއެޓޮރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ 2 ދަރިވަރުން ވޯޑަށް ބަދަލުކޮށްފިއެވެ.

ކާނާ ވިހަވެގެން 32 ދަރިވަރުން ހޮސްޕިޓަލުގައި އެނދުމަތިކުރިއިރު، އޭގެ ތެރެއިން ހާލު ދެރަވި 2 ދަރިވަރުން ފިޔަވާ ބާކީ އެންމެން ވަނީ ފަރުވާއަށް ފަހު ދޫކޮށްލާފައެވެ.

ފުލުހުން ބުނީ، އެ ދެ ދަރިވަރުންނަށް އައިސީޔޫގައި ފަރުވާދިނުމަށްފަހު މިހާރު ވޯޑަށް ބަދަލުކޮށްފައިވާކަމަށާއި، އެ ދެ ދަރިވަރުންގެ ހާލުވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ.

Advertisement

ޕޮލިސް ކޮލެޖުގައި 100 އަށްވުރެ ދަރިވަރުން ތަޢުލީމާއި ތަމްރީން ހާސިލްކުރަމުން ގެންދާއިރު، އެ ކޮލެޖުގައި ކިޔަވަމުންދިޔަ 32 ދަރިވަރަކު ކާނާ ވިހަވެގެން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. 

Advertisement

ކޮމެންޓް

Advertisement

Advertisement