އެމެރިކާގެ ރައީސް ޖޯ ބައިޑެން -- ފޮޓޯ: ބީބީސީ
ދުނިޔެ
21 Jul 2024 | 23:10
ބައިޑެން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން އިއުލާނުކުރައްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން އިއުލާނުކުރައްވައިފިއެވެ.

ބައިޑެން 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލާނެކަމަށް އިއުލާނުކޮށްފައިވާއިރު، މި އިއުލާނު ކުރެއްވީ ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރުންތަކެއް ބައިޑެން އިސްތިއުފާ ދިނުމަށް ގޮވާލުމަށް ފަހުގައެވެ.

"ތިޔަ ބޭފުޅުންގެ ރައީސްގެ ގޮތުގައި ޚިދުމަތްކުރުމަކީ އަޅުގަނޑުގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފެއް. އަދި އަޅުގަނޑުގެ ނިޔަތަކަށްވީ އަލުން އިންތިޚާބަށް ކުރިމަތިލުން ނަމަވެސް، އަޅުގަނޑުގެ ޕާޓީއާއި ޤައުމުގެ މަސްލަހަތަށްޓަކައި އެންމެ ރަނގަޅީ އަޅުގަނޑު މި ވާދައިން ތަނާޒުލުވެ، ދައުރު ނިމެންދެން ރައީސްގެ ގޮތުގައި އަދާކުރަންޖެހޭ ވާޖިބުތަކަށް އެކަނި ސަމާލުކަން ދިނުންކަމުގައި އަޅުގަނޑު ދެކެން."ބައިޑެން ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ވޯޓަރުންގެ ތެރެއިން ގިނަ ބަޔަކު ބައިޑެންއަށް ތާއީދުކުރި ނަމަވެސް، ޕާޓީގެ އިސް މެންބަރުން ވަނީ ބައިޑެން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

މިކަމާ ގުޅިގެން ވައިޓް ހައުސްއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ބައިޑެން މި ނިންމުން ނިންމެވީ ޤައުމުގެ މަސްލަހަތަށްޓަކައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Jun 2026
އައްޑޫ ސިޓީގެ ހުރިހާ އުމްރާނީ ތަރައްޤީއަކީ އެމްޑީޕީގެ އެއްޗެއް: ނަޝީދު
އައްޑޫގެ އުމްރާނީ ހުރިހާ ތަރައްގީއަކީ އެމްޑީޕީގެ އެއްޗެއް ކަމަށާ، އިތުރު އެއްވެސް ސަރުކާރަކުން އައްޑޫގެ ތަރައްގީއަށް ކަމެއް ކޮށްދީފައި ނުވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ.
05 Jun 2026
އަނބިމީހާ ކޮޓަރިއެެއްގައި ބަންދުކޮށް، ހަށިވިއްކުވި މައްސަލައެއް
އަނބިމީހާ ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، އޭނާ ލައްވައި ހަށިވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބަންގްލަދޭޝް ފިރިހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
05 Jun 2026
ވ. ތިނަދޫ ރައީސްގެ ގޮނޑިއާމެދު ސުވާލު: ކައުންސިލް ހިންގުން ނާއިބަށް
އެ އޮތޯރިޓީގެ ބޯޑުން ގޮތެއް ނިންމައި ވަކި ގޮތެއް އަންގަންދެން ކައުންސިލްގެ ރައީސް ޝުޖާއު މަގާމުގެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެއްކިބާވުަށާއި ކައުންސިލް އިދާރާއަށް ނުނިކުތުމަށް އަންގާފައިވެ އެވެ.
05 Jun 2026
މިއަހަރު ރައީސް މުޢިއްޒު އިސްތިއުފާދެއްވަން ޖެހޭނެ: ޞާލިޙް
މިއަހަރު ނިމުމުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށާ، މަޖިލީހުގެ ތެރެއިން އެމަނިކުފާނު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް މިއަހަރު ފެށިގެންދާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
05 Jun 2026
ހެޔޮކަންކަމަށް އަމުރުކޮށް މުންކަރާތްތައް މަނާކުރުމަކީ އެންމެންގެ ޒިންމާއެއް
ކުޅަދާނަވީ މިންވަރަކުން ހެޔޮކަންތައްތަކަށް އަމުރުކުރުމާއި ނުބައިކަންތައްތައް ނަހީކުރުމަކީ މުޖުތަމަޢުގެ ކޮންމެ ފަރުދެއްގެ އިޖުތިމާޢީ އަދި ދީނީ ޒިންމާއެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
05 Jun 2026
ޒުވާން ޝުރުތިކާ މަރުވިއިރު ހޮޓެލުން ޗެކްއައުޓްވާން އޮތީ އެންމެ 30 މިނެޓް
އިންޑިއާގެ ވެރިރަށް ނިއުދިއްލީގެ މާލްވިޔާ ނަގަރުގައި ހުރި ހޮޓަލެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި، މަޝްހޫރު ޓާޓާ އިންސްޓިޓިއުޓް އޮފް ސޯޝަލް ސައިންސަސް (ޓީ.އައި.އެސް.އެސް) އިން ދަސްވެނިވި އުމުރުން 25 އަހަރުގެ ޝްރުތިކާ ބަރަންވާލް ވަނީ މަރުވެފައެވެ.
05 Jun 2026
އަންހެނަކު، ރޭޕްކުރި ދެ މީހަކު މަރަން ޕާކިސްތާނު ހައިކޯޓުން ހުކުމް ކޮށްފި
ޕާކިސްތާނުގެ ޕަންޖާބު ޕްރޮވިންސްގެ ލާހޫރު-ސިއާލްކޮޓް މޮޓޯވޭގައި، ތިން ދަރިންގެ ކުރިމަތީގައި ފްރެންޗް އަންހެނަކު ރޭޕްކުރި މައްސަލައިގައި ކުށް ސާބިތުވި ދެ މީހުންގެ މަރުގެ ހުކުމް ލާހޫރުގެ ހައިކޯޓުން ބުދަ ދުވަހު ދަމަހައްޓައިފިއެވެ.
04 Jun 2026
އިކޯސޮކް އަށް ރާއްޖެ އިންތިހާބުވުމަކީ ތާރިހީ ކާމިޔާބީއެއް: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ، އިކޯސޮކްގެ 2027- 2029 ދައުރުގެ ގޮނޑިއަކަށް ދިވެހިރާއްޖެ އިންތިޚާބުވުމުގެ ފަޚުރުގައި، އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގަ އެވެ.