މެންބަރު އިބްރާޙީމް މުޙައްމަދު: ފޮޓޯ/ މަޖިލިސް
ހަބަރު
22 Jul 2024 | 10:08
ބާ ކައުންސިލްގައި ކެބިނެޓްގެ ވަޒީރަކު ބައިންދާގޮތަށް ހަދައިގެން އެމްޑީޕީން އޮތީ ރައްޔިތުންނަށް ދޯކާ ދީފައި: އިބްރާހީމް

އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން، އިންސާފުގެ ނަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ބާރު ސީދާ ބާ ކައުންސިލްގެ އެކްސްކޯ އަށް ފޯރާ ގޮތަށް، ރައްޔިތުންނަށް ދޯކާ ދީފައިވާ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާޙީމް މުހައްމަދު (އިއްބެ ޖަނާބު) ވިދާޅުވެއްޖެއެވެ. 

އިއްބެ މިފަދައިން ވިދާޅުވީ، ރައްޔިތުންގެ މިއަދުގެ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ހުޅުމާލޭ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ހުށަހެޅުއްވި ގާނޫނު ފަންނުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ. 

ބާ ކައުންސިލަށް ފުރިހަމަ މިނިވަންކަމާ އެކު ކަންކަން ހިންގުމުގެ ފުރުސަތު ހޯދައިދިނުމަށް، އެ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ބަންޑާރަ ނައިބު އުނިކޮށް، އެ ކޮމިޓީގައި ހަމައެކަނި ގާނޫނީ ވަކީލުންގެ ފަރާތުން އިންތިހާބުކުރާ ރައީސަކާއި ނައިބު ރައީސެއްގެ އިތުރުން ފަސް މެމްބަރުން ބައިތިއްބާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް އެ ބިލުގައި ވަނީ ހުށަހަޅުއްވާފައެވެ. 

އެކަމަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވަމުން އިއްބެ ވިދާޅުވީ، 18 ވަނަ މަޖިލީހަށް ގާނޫނީ ފަންނުގެ ގާނޫނު އެންމެ ފުރަތަމަ ހުށަހެޅުނީ، ބާރ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ބަންޑާރަނައިބު އިންނަވާ ގޮތަކަށް ނޫން ކަމަށެވެ. 

އެހެން ނަމަވެސް އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން އެކަން ބަދަލުކޮށް ރައީސުލްޖުމްހޫރިއްޔާގެ ބާރު ސީދާ ބާ ކައުންސިލަށް ފޯރާ ގޮތަށް އެތަނުގައި ބަންޑާރަ ނާއިބު އިންނަގޮތަށް ނިންމެވި ކަމަަށް އޭނާ ވުދާޅުވިއެވެ. އަދި އެފަދައިން ކަން ކޮށްގެން، އެމްޑީޕީން ރައްޔިތުންނަށް “ދޯކާ” ދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ކުރީގެ ރައީސް މައުމޫނުގެ ދައުރުގައި، މަޖިލީހުގައި، ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރުން ތިއްބެވީމާ، އޭރު މަޖިލީހުގައި ތިއްބެވި އެމްޑީޕީ މެންބަރުން، އެ މެންބަރުންނަށް މުޚާތަބު ކުރައްވަމުން ގެންދެވީ ވަލު ދޮރޯށިން ވަދެފައި ތިބި ބައެއްގެ ގޮތުގައި. ވަލު ދޮރޯށިން ވަދެ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅު ބާނުއްވައިގެން މަޖިލިސް ކޮންޓްރޯލް ކޮށް، އިންސާފާއި ހަމައާއި ގެއްލުވާ ވާހަކަ.  

މެންބަރު އިބްރާޙީމް މުޙައްމަދު

“މިވާހަކަ ދެއްކުމަށްފަހު ދެން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ، 19 ވަނަ މަޖިލީހަށް ކެހިވެރި އެޖެންޑާ 19ގެ ނަމުގައި އެމްޑީޕީން ބޭނުންވާ ގޮަތަށް މި މަޖިލީހަށް ބިލު ގެނައިތަން. އެއީ ރައީސުލްޖުމްހޫރިއްޔާގެ ބާރު، ސީދާ ސީދާ، ބާ ކައުންސިލްގެ އެކްސްކޯއަށް ފޯރާގޮތަށް، ބަންޑާރަ ނާއިބު، އާދެ ކެބިނެޓްގެ ވަޒީރަކު އިންނަވާ ގޮތަށް އެމްޑީޕީން މިކަން ކޮށްފައި އޮތީ. އިންސާފުގެ ނަމުގައި، ރަމްޒީ ތިލަފަތެއް ހައްދަވައިގެން، ގާނޫނު ހެދުމުގެ ނަމުގައި މަކަރު ހަދައި، ރައްޔިތުންނަށް ހަމަ ދޯކާ ދީފައި މިއޮތީ” މެންބަރު އިއްބެ ވިފާޅުވިއެވެ. 

ކަންމިހެން ހުރި ނަމަވެސް، އަދުގެ ސަރުކާރުން ފެންނަނީ އެއާއި ތަފާތު މަންޒަރެއް ކަމަށާ، މިއަދު ފެންނަމުންދަނީ އަތުގައި އޮތް ބާރު ދޫކޮށްލައްވައި، އިޚްލާސްތެރި ކަމާއެކު ޖޭއެސްސީ އިސްލާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފުރުސަތުދެއްވާ ތަން ކަމަށް އިއްބެ ވިދާޅުވިއެވެ. 

ކޮމެންޓް
ކރސ
ހުސްނީ މުބާރިކް ވެއްކީ ވ. މުހިންމު ވާހަކަ ތަކެއް، އެ ޚަބަރު ވެސް ވަކަރ ކުރުން މުހިންމު ކަމަށް ދެކެވް.
22 Jul 2024
ގުޅޭ ލިޔުންތައް
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ
27 Jul 2026
މިރޭ ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާފާނެ
މޫސުމީ އެލާޓްގައި މެޓް އޮފީހުން ބުނެފައިވަނީ، މިރޭ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނޭކަމަށެވެ