މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
22 Jul 2024 | 16:10
ނަމާދު ވަގުތު މަޖިލީހުގެ ތަޅުމުގައި ބަންގި ގޮވަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ނަމާދު ވަގުތު ޖެހިއްޖެނަމަ، އެކަން އަންގައި ދިނުމުގެ ގޮތުން މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު އިއްވަން ފަށައިފިއެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވާހަކަ ދައްކަވަމުން ދަނިކޮށް، މެންދުރު ނަމާދު ވަގުތު ޖެހުމާއެކު މައިކުގެ އަޑު ކަޑުވާލައި، ބަންގީގެ އަޑު މަޖިލީހުގެ ތަޅުމުގައި އިއްވާފައެވެ. 

މިއީ މިފަދައިން މަޖިލީހުގެ ތަޅުމުގައި ކަން ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ބަންގި ވަގުތުގައިވެސް މެދުކެނޑުމެއްނެތި މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެއެވެ. 

ނަމަވެސް، މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުالله ވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށްދާ ވަގުތު ނަމާދު ވަގުތު ޖެހިއްޖެނަމަ މަޖިލީހުގެ ތަޅުމުގައިވެސް ބަންގީގެ އަޑު އިއްވާ ގޮތަށް ނިންމަވާފައެވެ. 

މަޖިލީހުގެ ރައީސްގެ މި ނިންމެވުމާއި ގުޅިގެން، ޝުޖާއު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ މަޖިލިސް ރައީސް އަބްދުއްރަހީމްގެ ރިޔާސަތުގައި މުހިންމު ފިޔަވަޅެއް އެޅުއްވި ދުވަހެއް ކަން ފާހަގަކޮށް މަޖިލީހުގެ ތަޅުމުގައި ބަންގީގެ އަޑު ގުގުމައިގެން ދިއުމަކީ މަޖިލިސް ރައީސް ކުރެއްވި ވަރަށް މުހިންމު ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އަލިބެ ހުޅުމާލެ
ތިޔައީ ސީދާ ނަމާދަށް ފުރައްސާރަ ކުރުމެކެވެ. އެހެނީ ބަންގީގާ އެގޮވެނީ ނަމާދަށް އަވަހަށް އައުމަށެވެ. އޭގެ ބަދަލުގައި ހަދާގޮތަކީ ބަންގި ނިމުމާއެކު ބަންގިއަށް ނޫނެކޭ ބުނެ ޖަލްސާ ކުރިޔަށް ގެންދިޔުމެވެ. ނޫނީ ކެންޓީނަށް ދިޔުމެވެ.
22 Jul 2024
އިއްބެ
އެއީމިސްކިތެއްތަ
22 Jul 2024
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.