ސަލަފް ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒު ---
ހަބަރު
23 Jul 2024 | 13:12
ރައްޔިތުން އެދެނީ ނަމާދުވަގުތަށް މެދުކަނޑާލައި ބަންގި ގޮވައި ނަމާދުކުރަން: ޢަލީ ރަމީޒު

ރައްޔިތުން އެދެނީ ނަމާދުވަގުތަށް މަޖިލިސް މެދުކަނޑާލައި ބަންގި ގޮވައި ނަމާދުކުރަންކަމުގައި ދީނީ ދައުވަތު ފެތުރުމުގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ސަލަފް ޖަމިއްޔާގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އިއްޔެގެ މެންދުރު ނަމާދު ވަގުތު ވަނުމުން މަޖިލީހުގެ ރައީސް ބަންގި އިއްވުމާ ގުޅިގެން ޢަލީރަމީޒުވަނީ އެ ވީޑިއޯކޮޅު އޭނާގެ ފޭސްބުކްގައި ޕޯސްޓުކޮށްފައެވެ. އަދި އެކަމަކީ ތާރީޚީ ކަމެއްކަމަށް ސިފަކޮށް ޢަލީ ރަމީޒު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މުޅިތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް މަޖިލީހުގައި ބަނގީގެ އަޑު އިއްވައިފިކަމަށެވެ. އަދި ޢަލީރަމީޒުވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ނަމާދު ކުރުމަށް އިލްތިމާސްކުރައްވާފައެވެ.

ޢަލީ ރަމީޒު އިއްޔެ ޕޯސްޓު ކުރި ވީޑިއޯކޮޅު ވަނީ 80 ހާސް މީހުން ބަލާފައެވެ. އަދި 240 މީހުން ކޮމެންޓުކޮށްފައިވާއިރު ގިނަބޭފުޅުން ވިދާޅުވެފައިވަނީ ބަނގީގެ އަޑު އިއްވިޔަސް ރަނގަޅުނޫންކަމަށާއި ނަމާދު ވަގުތު ޖެހުމުން ޖެހޭނީ ނަމާދަށް ދާން ކަމަށެވެ.

އިއްޔެ ޢަލީ ރަމީޒު ކުރެއްވި އެ ޕޯސްޓަށް ކޮމެންޓުކުރެއްވި ގިނަ ބޭފުޅުންގެ ވާހަކަތަކަށް ރިޢާޔަތްކޮށް މިއަދު ޢަލީ ރަމީޒު ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ބަންގި ވަގުތަށް މަޖިލިސް މެދުކަނޑާލައި ނަމާދަށް ދިއުމަކީ ރައްޔިތުން އެދޭ އެދުމެއް ކަމަށާއި އެ ބަދަލު ވަރަށް އަވަހަށް ފެނިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

"އިއްޔެގެ ބަންގި ޕޯސްޓަށް ކޮމެންޓު ކުރެއްވި ހުރިހާ ބޭފުޅުންގެވެސް އެދުމަކީ ބަނގި ގޮވީމަ ނަމާދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުން. އުއްމީދު ކުރަނީ ވަރަށް އަވަހަށް އެ ބަދަލު ފެނިގެންދާނެކަމަށް. ރައްޔިތުންނަށް ރިވެތި ނަމޫނާއަކަށް ވާނެކަމަށް" ޢަލީ ރަމީޒު މިއަދު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިއްބެ
ރައްޔިތުންއެދޭގޮތް ޢަލީރަމޡަކަށްނޭންގޭނެ ރައްޔިތުންއެދެނީނަމާދުވަޤުތަށްމެދުކަނޑާލައި ހުރިހައިމެމްބަރުންމިސްކިތައްދިއުން
23 Jul 2024
ހަފީ
އަނގަ އިންނާ ލިޔުމުން ނަމާދު ކުރަން ވިއްޔާ ރައްޔިތުންނަށް ވާނެ..އަމަލުން ވަނީ މަދު ބަޔަކަށް..
23 Jul 2024
ސަމީޙާ
ހަމައެކަނި ރައްޔެތުންގެ މަޖިލީހެއްނޫން ރައްޔެތުންގެ މަޖިލިސް ފަދައިން ސަރުކާރުގެ އެހެނިހެން އޮފީސްތަކާއި، ކުންފުނިތަކުންވެސް މިކަން ކުރެވިގެން ނަތީޖާ ނެރެވޭނީ މިކަމަށް ވެސް ސަމާލުކަމެއް ލިބޭނެކަމުގައި އުންމީދުކުރަން.
24 Jul 2024
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ