އެއްބައިވުމަށް ފަލަސްތީނުގެ ޖަމާއަތްތަކުން އެއްބަސްވުމުގެ ތެރެއިން-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
23 Jul 2024 | 15:32
ޗައިނާގެ އެހީއާއިއެކު، ފަލަސްތީނުގެ ޖަމާއަތްތައް އެއްބައިވުމުގެ އެއްބަސްވުމަކަށް!

ޗައިނާގެ އެހީއާއިއެކު، ފަލަސްޠީނުގެ ޖަމާޢަތްތަކުން "ޤައުމީ އެއްބައިވަންތަކަމުގެ" އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމަށްފަހު ޣައްޒާގެ ބާރު ފަލަސްޠީނުގެ އަތުގައި ދެމެހެއްޓުމުގެ މަގްސަދުގައި ވެފައިވާ އެއްބަސްވުމެކެވެ.

ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ ވިދާޅުވި ގޮތުގައި، ޗައިނާގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މަޝްވަރާތަކަކަށްފަހު ސޮއިކުރެވުނު މި އެއްބަސްވުމުގައި، ހަނގުރާމައަށްފަހު ޣައްޒާ ހިންގުމަށް "ވަގުތީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް" އުފެއްދުމުގެ އަސާސްތައް ވަނީ ކަނޑައަޅާފައެވެ.

މި އެއްބަސްވުމުގައި ފަލަސްތީނުގައި ދިގު މުއްދަތެއް ވަންދެން ވާދަވެރިކަން އޮތް ހަމާސްއާއި ފަތަޙް ހިމެނޭހެން ފަލަސްޠީނުގެ 14 ޖަމާޢަތަކުން ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރި ޖަމާއަތެއް ކަމަށްވާ ފަލަސްޠީން ނެޝަނަލް އިނީޝިއޭޓިވްގެ ސެކްރެޓަރީ ޖެނެރަލް މުސްޠަފާ ބަރްޣޫޘީ ވިދާޅުވީ މިއީ ފާއިތުވި އަހަރުތަކުގައި ވެފައިވާ އެހެން އެއްބަސްވުންތަކަށްވުރެ މާ ފުޅާދާއިރާއެއްގައި ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު ހަތަރު ބައި ތެރޭގައި ހިމެނެނީ ވަގުތީ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ޤާއިމުކުރުމާއި، ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން އެކީގައި ފަލަސްޠީންގެ ލީޑަރޝިޕެއް އުފެއްދުމާއި، އައު ފަލަސްޠީނު ނެޝަނަލް ކައުންސިލެއް މިނިވަންކަމާއެކު އިންތިޚާބުކުރުމާއިއެކު އިސްރާއީލު ހަމަލާތަކާއި ކުރިމަތިލުމަށް އެއްބައިވަންތަކަމުގެ އާންމު އިޢުލާނެއް ނެރުމެވެ.

އެއްބައިވަންތަކަމުގެ ސަރުކާރަކާ ދިމާއަށް ފަލަސްތީނުން މިސްރާބުޖެހުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރައްވާ، މުސްޠަފާ ބަރްޣޫޘީ އިތުރަށް ވިދާޅުވީ، މީގެ ސަބަބުން ފަލަސްތީނުގެ މަސްލަހަތުތަކާ ދެކޮޅަށް އިސްރާއީލުން އޮނިގަނޑެއް އުފެއްދުމުގެ މަސައްކަތްތައް ހުއްޓުވާލެވޭނެ ކަމަށެވެ.

މި އެއްބަސްވުމުގެ ތެރެއިން، ހަމާސްއާއި ފަތަޙް އެއް ގަލަކަށް އެރުމަކީ ފަލަސްތީނުގެ އެތެރޭގެ ގުޅުންތަކަށް އެދެވޭ މުހިންމު ބަދަލެއް އަންނާނެކަމެއް ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.

ފަލަސްތީނުގެ ސަރަހައްދުތަކުގައި މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވާ މި ދެ ޖަމާއަތަކީ 2006 ވަނަ އަހަރު އުފެދުނު ހަމަނުޖެހުމަށްފަހު ވަރަށް ބޮޑަށް ވާދަވެރިވެފައިވާ ދެ ޖަމާއަތެވެ. އެ ހަމަނުޖެހުމަށްފަހު މީގެ ކުރިންވެސް އެ ދެ ޖަމާއަތް އެއްބައިވުމަށް އެއްބަސްވުމަކާއި ހަމައަށް ގެނައުމަށް މަސައްކަތް ކުރި ނަމަވެސް، އޭރު އެކަން ކާމިޔާބު ވެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.