ބިދޭސީންތަކެއް-- ފޮޓޯ: ވޮއިސް
ހަބަރު
24 Jul 2024 | 15:41
ރާއްޖެއަށް ގެންނަ ބިދޭސީންގެ އަަދަދު ކަނޑައެޅުމުގެ ބާރު ވުޒާރާއަށް ލިބޭ އިސްލާހެއް ހުށަހަޅައިފި

 މަސައްކަތްކުރުމަށް ރާއްޖެއަށް ގެންނަ ބިދޭސީންގެ އަަދަދު ކަނޑައެޅުމުގެ ބާރު، ދިވެހި ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއަށް ލިބޭ ގޮތަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހެއް ގެނައުމުން ހުށަހަޅައިފިއެވެ.

މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދެވެ.

މިއީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސލަަ ހައްލުކުރުމަށްޓަކައި، ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާއި ގުޅޭ ގޮތުން ވަޒީފާއާއި ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިސްލާހުކުރުމަށްޓަކައި ހުށަހަޅާފައިވާ އިސްލާހެކެވެ.

މި އިސްލާހުގައި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައަޅާނީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކުންކަމަށާއި،  އެ ޤަވާއިދުގައި އަހަރެއްގެ ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގައި އެކިއެކި ސިނާއަތްތަކާއި މަސައްކަތުގެ ބާވަތަށް އަދި ހުނަރުގެ މިންވަރަށް ބިނާކޮށް ތަފާތު ގިންތިތަކަށް ތަފާތު މިންގަނޑުތައްވެސް ކަނޑައެޅޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުންވެސް، މިގޮތަށް ކަމެއް ކަނޑައަޅަންވާނީ ބިދޭސީން ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށް އެސެސްމަންޓެއް ހަދައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިންކަމަށްވެސް މެންބަރު މުޙައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގައިވެއެވެ.

އެސެސްމަންޓަށްފަހު ބިދޭސީން ރާއްޖެއަށް ގެނައުމުގައި ކަންކަން ކަނޑައެޅުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތައް ވެސް މި އިސްލާހުގައި ވަނީ ހިމަނާފައެވެ. އެއީ: 

1) ޤައުމުގެ އިގްތިސާދީ ނުވަތަ އިޖުތިމާއީ ތަރައްގީއަށް މުހިންމު ސިނާއަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ ފަންނެއް ކުރިއެރުވުމަށް ކޮންމެހެން މުހިންމު ވަޒީފާތަކަށް ދިވެހިން ލިބެން ނެތުން ނުވަތަ ލިބޭ މިންވަރު މަދުވުން.

2) ވަކި ދާއިރާއަކުން ދިވެހި މަސައްކަތްތެރިން ނުލިބޭނަމަ ނުވަތަ މަދުނަމަ އެ ދާއިރާގެ ތަރައްގީއަށް ކުރާނެ ނޭދެވޭ އަސަރު.

3) ވަކި ދާއިރާއެއްގައި ބިދޭސީ މަސައްކަތްތެރިން ހިމަނައިފިނަމަ ދާޚިލީ އަދި ޤައުމީ ސަލާމަތާށް އަސަރުކޮށްފާނެ މިންވަރު

4) ވަކި ދާއިރާއެއްގެ ވަޒީފާއަށް ބިދޭސީން ނެގުމުގެ ސަބަބުން އެ ދާއިރާއެއްގައި އިލްމާއި ހުނަރު އިތުރުވުމުގެ ފުރުސަތު އޮތް މިންވަރު

މި އިސްލާހުގައި ވަޒީފާދޭ ފަރާތްތަކުން ބިދޭސީން މަސައްކަތް ކުރާނެ ވަރކް ސައިޓް ރަޖިސްޓްރީކޮށް، ހޯދަންޖެހޭ ހުއްދަތައް ހޯދައި، ކޯޓާ ހޯދުމާއިއެކު، ބިދޭސީ މީހާގެ ވަޒީފާދޭ ފަރާތް ނުވަތަ ވަޒީފާ އަދާކުރާ ވޯކް ސައިޓް ބަދަލުކުރެވޭނީ ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އުސޫލުތަކާއި އިޖުރާއަތުތަކާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް ވެސް ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ބަލައި ފާސްކުރާ އިންސްޕެކްޓަރުންނަށް ލިބިގެންވާ ބާރުތައްވެސް މި އިސްލާހުގައި ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ނޯޓިސް ދިނުމަކާ ނުލައި ވަރކްސައިޓަށް ވަދެ ބަލައި ފާސްކުރުމުގެ ބާރު ލިބުން ހިމެނެއެވެ. އެހެންނަމަވެސް،  އެއީ މީހުން ދިރުއުޅޭތަނެއްނަމަ އެތަނުގެ ވެރިފަރާތުގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އިސްލާހުގައި ބަޔާން ކުރެއެވެ.

ހަމައެއާއިއެކު، ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމާއި ވަރކް ސައިޓް ބަންދުކުރުމާއި އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމާއި ޖޫރިމަނާކުރުން އަދި އެ ބިދޭސީ މީހާއަށް ވަޒީފާދޭ ފަރާތުގެ ހުއްދަ ބާތިލުކުރުމުގެ ބާރު އެއިރެއްގައި ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ހަވާލުކޮށްފައިވާ ވުޒާރާއަކަށް ލިބޭނެ ކަމަށް ވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.