އިންސްޓާގްރާމް އާއި ފޭސްބުކަކީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލް ދެ ޕްލެޓްފޯމެވެ.
ދުނިޔެ
25 Jul 2024 | 00:08
ނައިޖީރިއާގައި ބްލެކްމެއިލް ކުރުމަށް ބޭނުންކުރި 63،000 އިންސްޓަގްރާމް އެކައުންޓް ނައްތާލައިފި

ނައިޖީރިއާގައި ބްލެކްމެއިލް ކުރުމަށް ބޭނުންކުރި 63،000 އަށްވުރެ ގިނަ އިންސްޓަގްރާމް އެކައުންޓް ނައްތާލައިފިއެވެ.

މެޓާ ކުންފުނިން ބުނީ. މިއީ ޖިންސީ ގޮތުން މީހުން ބްލެކްމެއިލް ކުރުމަށް ބޭނުންކުރަމުން ދިޔަ އެކައުންޓްތަކެއް ކަމަށެވެ.

މެޓާއިން ބުނިގޮތުގައި މި އެކައުންޓްތަކުން އަމާޒުކުރަމުން ދިޔައީ އެމެރިކާގެ ފިރިހެނުންނަށެވެ. އަދި މީގެ އިތުރުން ފޭސްބުކްގެ 7،200 އެކައުންޓާއި، ޕޭޖާއި، ގްރޫޕްވެސް ނައްތާލެވުނެވެ. މިއީ މީހުން މަކަރު ހެދުމުގެ ޓިޕްސް ދެމުން ދިޔަ އެކައުންޓްތަކެކެވެ.

މެޓާއިން ބުނީ މި ސްކޭމްތަކުގެ ގިނަ މަސައްކަތްތައް ކާމިޔާބު ނުވިނަމަވެސް ބައެއް ކުޑަކުދިންނަށް އަމާޒުކުރެވިފައިވާ ކަމަށެވެ. އެފަދަ ކަންކަން ވަނީ އެމެރިކާގެ ނެޝަނަލް ސެންޓަރ ފޮރ މިސިންގ އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރަންއަށް ރިޕޯޓުކޮށްފައެވެ.

މި މައުލޫމާތު ހާމަކުރީ މިފަދަ ސްކޭމްތަކާ މެދު ހޭލުންތެރިކަން އިތުރުކުރުމަށްކަމަށް މެޓާއިން ބުންޏެވެ.

މިފަދަ ސްކޭމްތައް ހިންގަމުންދާ "ޔާހޫ ބޯއިސް" ގެ ނަމުން މަޝްހޫރު ނައިޖީރިއާގެ އޮންލައިން މަކަރުވެރިން ވަނީ އެކި ބާވަތުގެ ސްކޭމްތައް ހިންގާފައެވެ. ނައިޖީރިއާގެ އިގްތިސާދީ ދަތިތަކުގެ ސަބަބުން މިފަދަ ސްކޭމްތައް އިތުރުވެފައިވާކަމަށް ބެލެވެއެވެ.

މެޓާއިން ބުނީ ބައެއް އެކައުންޓްތަކުން ސްކޭމް ހިންގުމަށް ބޭނުންވާ ސްކްރިޕްޓާއި، ގައިޑާއި، ފޮޓޯ ކަލެކްޝަންތައް ވިއްކަމުންދިޔަ ކަމަށެވެ.

އޮންލައިން މާހައުލުގައި ކުދިން ރައްކާތެރިކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރާކަމުގެ ފާޑުކިޔުން މެޓާއަށް ކުރިމަތިވެފައިވާއިރު، މި ފަދަ "ސެކްސްޓޯޝަން" ސްކޭމްތަކުގައި އާންމުކޮށް ހިމެނެނީ ޝިކާރައަކަށްވާ ފަރާތާ އޮންލައިންކޮށް ގުޅުމެއް އުފައްދައި، އެ ފަރާތުގެ ޖިންސީ ފޮޓޯ ނުވަތަ ވީޑިއޯ ހޯދުމަށްފަހު، އެ ތަކެތި ހާމަކޮށްލާނެ ކަމަށް ބުނެ ބްލެކްމެއިލްކޮށް ފައިސާ ހޯދުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.