ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒުހްރީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
25 Jul 2024 | 16:25
ނަތަންޔާހޫގެ ވާހަކަތަކުން ގަތުލުއާއްމު ހުއްޓާލަން ބޭނުންނުވާކަން ހާމަވޭ: ފަލަސްތީން

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ދެއްކި ވާހަކަތަކުން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލަން ބޭނުންނުވާކަން ހާމަވާކަމަށް ހަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ސާމީ އަބޫ ޒުހްރީ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ކޮންގްރެސްގައި ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ޖޮއިންޓް މީޓިންގއެއްގައި ވާހަކަދައްމުން ނަތަންޔާހޫ ވަނީ މެދުއިރުމަތީގައި އީރާނާ ދެކޮޅަށް ސެކިއުރިޓީ އެލައިއަންސްއެއް އުފެއްދުމުގެ މުހިންމުކަމަށް ބުނެފައެވެ.

ނަތަންޔާހޫ ވަނީ ޣައްޒާގައި ޔަހޫދީން ވަޒަންވެރި ކުރާކަމަށް ދެކޮޅުހަދައި، ޣައްޒާގެ ގަތުލުއާއްމު ނިމުމަށްފަހު ޣައްޒާގައި ވެރިކަން ކުރަންވާނީ އިސްރާއީލާއި ދެކޮޅުނުވާ ބައެއްކަމަށް ބުނެފައެވެ.

މި ވާހަކަތަކާއި ގުޅިގެން އަބޫ ޒުހްރީ އިންޓަވިއުއެއްގައި ވިދާޅުވީ، ނަތަންޔާހޫ ދެއްކި ވާހަކަތަކަކީ ދޮގުތަކެއް ކަމަށާއި، އެ ވާހަކަތަކުން އެމީހުން ފެއިލްވަމުންދާ ދިޔުމާއި، ޣައްޒާގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ އަމަލުތަށް ނުފޮރުވޭނެ ކަމަށެވެ. 

އެއްވެސް ފަރާތަކުން ނަތަންޔާހޫ ބޭނުންވާހެން އިސްރާއީލާއެކު އެލައިއަންސްއެއް އުފެއްދުމަކީ ޣައްޒާގެ ޝަހީދުންގެ ލެޔަށް ޚިޔާނާތްތެރިވުން ފަދަ ކަމެއްގެ ގޮތުގައި އަބޫ ޒުހްރީ ސިފަކުރެއްވިއެވެ.

އަބޫ ޒުހްރީގެ އިތުރުން، ނަތަންޔާހޫގެ ވާހަކަތަކަށް ރައްދު ދެއްވައި، ފަލަސްތީނުގެ ރައީސްގެ ސްޕޯކްސްޕަރސަން ނަބީލް އަބޫ ރުދައިނާ ވެސް ވަނީ ފަލަސްތީނުގައި ވެރިކަން ކުރާނީ ކާކުތޯ ނިންމާނީ ހަމައެކަނި ފަލަސްތީނުގެ ރައްޔިތުންކަމަށް ވިދާޅުވެފައެވެ. އަދި މީގެ އިތުރުންވެސް ސަލާމަތާއި ހަމަޖެހުން ހާސިލުކުރުމަށް އޮތް ހަމައެކަނި ހައްލަކީ އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ބަލައި، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުން ކަމަށް ވެސް ނަބީލް އަބޫ ރުދައިނާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
އިންޑިއާގެ "ކޮކްރޯޗް" ޕާޓީގެ ވެރީން ސަރުކާރާ މަޝްވަރާކޮށްފި
އެ މަޝްވަރާތައް ބޭއްވީ މުޒާހަރާތަކަށް ތާއީދުކޮށް 26 ދުވަސް ވަންދެން ބަނޑުހައިހޫނުކަމުގެ ހަޅުތާލުގައި ހުންނެވި އެކްޓިވިސްޓް ސޯނަމް ވާންގްޗުކް ހަޅުތާލު ހުއްޓައިލިތާ ގަޑިތަކެއް ފަހުގައެވެ. ނަމަވެސް ސީޖޭޕީން ބުނީ މަޝްވަރާތައް ކުރިއަށް ގެންދާ ކަމުގައި ވިޔަސް މުޅި ޤައުމުގައި ކުރަމުންދާ އިޙުތިޖާޖުތައް ހުއްޓައިނުލާނެ ކަމަށެވެ. ބައްދަލުވުމަށް ފަހު ސީޖޭޕީގެ ލީޑަރުން ބުނީ ސަރުކާރުން ހޮނިހިރު ދުވަހުގެ މެންދުރުފަހާ ހަމައަށް ޖަވާބު ދެއްވަން ވަގުތު ބޭނުންވާ ކަމަށް އެންގި ކަމަށެވެ.
24 Jul 2026
ހަނދާން ނެތުމާއި، ސަމާލުކަން ނުދެވުމުގެ މައްސަލައިން އަރައިގަތުން
ދިރިއުޅުމުގެ ކަންކަމުގައި އުޅޭއިރު ބުރަބޮޑުވެ، މަސައްކަތުގެ މާހައުލާއި އަމިއްލަ ދިރިއުޅުމުގެ ޒިންމާތައް އިތުރުވާ ވަގުތުތަކުގައި، ބައެއް ފަހަރު ވިސްނުން ފުސްވެ، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވާ ހާލަތަކަށް ދެވޭގޮތްވެއެވެ. މިއީ "ބްރެއިން ފޮގް“ އެވެ. މިއީ ވަކި ބައްޔެއް ނޫން ނަމަވެސް، ސަމާލުކަން ދިނުމާއި، ހަނދާން ބެހެއްޓުމާއި، ވިސްނުމުގެ ބާރު ދަށްވުން ފަދަ ކަންކަން ހިމެނޭ ޞިއްޙީ ހާލަތެކެވެ.
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
ޓްރާންސްޕޭރެންސީން ވަކިކުރީ މުވައްޒަފަކަށް 3.5 ލައްކަ ރުފިޔާދޭން އަންގައިފި
ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) ގައި މަސައްކަތްކުރި ސީނިއާ މުވައްޒަފެއް ކަމަށްވާ ޢަލީ ޝަރީފް، ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމާ އެއްގޮތަށް، އޭނާއަށް ލިބެންޖެހޭ 356,932 ރުފިޔާ ދިނުމަށް ސިވިލް ކޯޓުން އަމުރުކުރުމުން އެ ފައިސާ ނުދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.