ޗައިނާގެ ހެކަރުންނަކީ ދުނިޔޭގެ އެންމެ ވަރުގަދަ ހެކަރުންގެ ގޮތުގައި މަޝްހޫރުވެފައިވާ ފަރާތްތަކެއް --
ދުނިޔެ
25 Jul 2024 | 23:24
ޗައިނާގެ ހެކަރުން މެކް އޯއެސްއަށް އަމާޒުކޮށް އާ މެލްވެއަރއެއް ތަޢާރަފުކޮށްފި

ޗައިނާގެ ސައިބަރ ހެކަރުންގެ ގްރޫޕެއް ކަމަށްވާ ޑެގަރފްލައި އިން މެކްއޯއެސް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް އަޕްޑޭޓްކޮށްފައިވާ މެކްމާ މެލްވެއަރ އެއް ތަޢާރަފުކޮށްފިއެވެ. މި މެލްވެއަރ އަކީ 2019 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ މެކްއޯއެސް ބެކްޑޯ އެކެވެ.

މި މެލްވެއަރ ގައި ޑިވައިސް ފިންގަރޕްރިންޓިންގ، ކޮމާންޑް އެގްޒެކިއުޝަން، ސްކްރީން ގްރެބިންގ، ކީލޮގިންގ، އޯޑިއޯ ކެޕްޗަރ އަދި ފައިލް ޓްރާންސްފަރ ފަދަ ގިނަ ގުނަ ޤާބިލިއްޔަތުތަކެއް ހިމެނެއެވެ. އެންމެ ފަހުގެ ވަރޝަންތަކުގައި މި ޤާބިލިއްޔަތުތައް އިތުރަށް ތަރައްޤީކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ޑެގަރފްލައި އިން މި މެލްވެއަރ ބޭނުންކޮށްފައިވަނީ ޓައިވާނުގެ ޖަމިއްޔާތަކަކާއި ޗައިނާގައި ހަރަކާތްތެރިވާ އެމެރިކާގެ އެންޖީއޯ ތަކަށް އަމާޒުކޮށެވެ. މީގެ އިތުރުން، މި ގްރޫޕުން ވަނީ އަޕާޗީ އެޗްޓީޓީޕީ ސަރވަރ ގެ ސެކިއުރިޓީ ހުސްކަމެއް ބޭނުންކޮށްގެން އެމްޖީބޮޓް މެލްވެއަރ އެއްވެސް ޑިޕްލޯއި ކޮށްފައެވެ.

މި ހަމަލާތަކުގައި މެކްމާ އާއި އެމްޖީބޮޓް އާއެކު ވިންޑޯސް ބެކްޑޯ އެއް ކަމަށްވާ ޓްރޯޖަން.ސުޒަފްކް ވެސް ބޭނުންކޮށްފައިވެއެވެ. މި ބެކްޑޯ އަކީ ޓީސީޕީ ނުވަތަ ވަންޑްރައިވް މެދުވެރިކޮށް ކޮމާންޑް ކޮށް އަދި ކޮންޓްރޯލް ކުރެވޭ މަލްޓި-ސްޓޭޖްޑް ބެކްޑޯ އެކެވެ.

ސިމެންޓެކްގެ ރިސާޗަރުން ދެކޭގޮތުގައި މި އާ މެކްމާ ވެރިއަންޓް ތަޢާރަފުކުރި ސަބަބަކީ ކުރީގެ ވަރޝަންތައް ހާމަވެ، ފަސޭހައިން ދެނެގަނެވޭތީއެވެ. މީގެ ކުރިން މި ހެކަރުން ވަނީ ހޮންގ ކޮންގުގެ ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިގެން ވޯޓަރިންގ ހޯލް ހަމަލާތައް ދީފައެވެ.

ސިމެންޓެކް ރިސާޗަރުން ބުނީ މި މެލްވެއަރ އިން ސަލާމަތްވުމަށް ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށާއި، މީގެ ސަބަބުން ޔޫޒަރުންގެ ޒާތީ މައުލޫމާތުތަކަށް ހެކަރުން ފަސޭހައިން ވަދެވިދާނެކަމަށެވެ. އޭގެ ތެރޭގައި ބޭންކް އެކައުންޓްތަކާއި، އީމެއިލްގެ ޕާސްވޯޑްތައް ފަދަ މުހިންމު މައުލޫމާތުތައް ވަގަށްނެގިދާނެކަމަށް އެކުންފުނިންވަނީ އިންޒާރު ދީފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.