ޣައްޒާގައި ހުންނަ ސްކޫލަކަށް ޔަހޫދީން ދިން ހަމަލާ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
28 Jul 2024 | 14:31
ޣައްޒާގެ ސްކޫލަކަށް ޔަހޫދީން ހަމަލާދީ 30 މީހުން ޝަހީދުކޮށްލައިފި

ޔަހޫދީންގެ ގަތުލުއާއްމާއި ގުޅިގެން ގެދޮރު ގެއްލިފައިވާ މީހުން ބޯހިޔާވަހިކަމަށް ބޭނުންކުރެވެމުންދިޔަ، ޣައްޒާގެ ސްކޫލަކަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހަމަލާދީ 30 މީހުން ޝަހީދުކޮށްލައިފިއެވެ.

ފަލަސްތީނުގެ މީޑިއާ އޮފީހުން ބުނީ،  ޑެއިރް އަލް-ބަލާހް ގެ މެދުތެރޭގައި ހުންނަ ސްކޫލަކަށް އަމާޒުކޮށް ޔަހޫދީން ދިން މި ހަމަލާގައި  15 ކުދިންނާއި 8 އަންހެނުން ހިމެނޭހެން ޖުމްލަ 30 މީހުން ޝަހީދުވެ، 100 އަށް ވުރެ ގިނަ މީހުން ޒަހަމް ވެފައިވާ ކަމަށެވެ.

މި ހަމަލާގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ޑެއިރް އަލް-ބަލާހްގައި ހުންނަ އަލް-އަޤްސާ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ބައިނަލްއަގުވާމީ ނޫހެއް ކަމަށްވާ ރޮއިޓާސް އިން އާއްމުކުރި ފުޓޭޖުން ދައްކާ ގޮތުގައި، މި ހަމަލާއާއި ގުޅިގެން އެ ސަރަހައްދުގައި އަލިފާން ރޯވެފައިވާއިރު، ސްކޫލްވަނީ ސުންނާފަތިވެފައެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ އިއްޔެގެ ހެނދުނުން ފެށިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި ޔަހޫދީން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ދެއިރުލް-ބަލާހާއި ޚާން ޔޫނިސް ސިޓީގައި 53 މީހުން ޝަހީދުވެ، 189 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.