އެމެރިކާގެ ނައިބްރައީސް ކަމަލާ ހެރިސް --- ފޮޓޯ: ސީއެންއެން
ދުނިޔެ
28 Jul 2024 | 23:41
އެމެރިކާގެ ނައިބްރައީސްގެ ފޭކް ވީޑިއޯއެއް އީލޮން މަސްކް އެކްސްގައި ޝެއަރކޮށްފި

އެމެރިކާގެ ނައިބްރައީސް ކަމަލާ ހެރިސްގެ ފޭކް ވީޑިއޯއެއް އީލޮން މަސްކް އެކްސްގައި ޝެއަރކޮށްފިއެވެ.

ސްޕޭސްއެކްސް އަދި ޓެސްލާގެ ސީއީއޯ އީލޮން މަސްކް އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި މިވީޑިއޯ ޝެއާކޮށްފައިވާއިރު، ކަމަލާ ހެރިސްގެ ކެމްޕޭން މި ވީޑިއޯއަކީ އޮޅުވާލައިގެން ހަދާފައިވާ ވާރޝަނެއް ކަމެއް މަސްކް ފާހަގަ ކޮށްފައެއް ނުވެއެވެ. އެކަމަކު މި ވީޑިއޯގައި ހެރިސްގެ އަޑު ބޭނުންކޮށްގެން އޭނާ ނުބުނާ ވާހަކަތަކެއް ހިމަނާފައިވާއިރު، މިއީ ކަނޑައެޅިގެން އޮޅުވާލައިގެން ހަދާފައިވާ ވީޑިއޯއެއްކަން ގިނަބަޔަކުވަނީ ފާހަގަ ކޮށްފައެވެ.

ނިއު ޔޯކް ޓައިމްސްއިން ފާހަގަކޮށްފައިވާ ގޮތުގައި މަސްކް މި ވީޑިއޯ ޝެއަރކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭގައެވެ. މި ވީޑިއޯގައި ހެރިސްގެ އަޑުން ބުނެފައިވަނީ އޭނާ ވައިސް ޕްރެޒިޑެންޓްކަމަށް ހޮވުނީ "އަލްޓިމޭޓް ޑައިވަރސިޓީ ހަޔަރ" އެއްގެ ގޮތުގައި ކަމަށެވެ. މީގެ އިތުރުން ވީޑިއޯގައި ބުނެފައިވަނީ ހެރިސް ވަނީ "އަލްޓިމޭޓް ޑީޕް ސްޓޭޓް ޕަޕެޓް" ކަމަށްވާ ޖޯ ބައިޑެންގެ ދަށުން ހަތަރު އަހަރު ހޭދަކޮށްފައި ކަމަށެވެ.

އެކްސްގެ ޕޮލިސީތަކުގެ ދަށުން މީހުންނަށް އޮޅުވާލުމަށް ނުވަތަ އޮޅުން އަރާފަދަ ގޮތަކަށް ހަދާފައިވާ މީޑިއާ ޝެއަރކުރުމަކީ މަނާކަމެކެވެ. ނަމަވެސް މަސްކްގެ ޕޯސްޓްގައި މިއީ އޮޅުވާލައިގެން ހަދާފައިވާ ވީޑިއޯއެއްކަން ބަޔާންކޮށްފައި ނުވާއިރު، އެކްސްއިން މި ޕޯސްޓް ފާހަގަކޮށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި ވީޑިއޯ އެކްސްގައި މިހާތަނަށް 119 މިލިއަނަށްވުރެ ގިނަ ފަހަރު ބަލާފައިވާއިރު، މިއީ އަސްލު ނޫން ވީޑިއޯއެއްކަން ބަޔާންކުރާ ކޮމިއުނިޓީ ނޯޓްސްއެއްވެސް އަދި އިތުރުކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.