މުރައިދޫގެ ކައިރީ ދެމި ރަތް ރޮނގު
ހަބަރު
29 Jul 2024 | 11:34
މުރައިދޫގެ ކައިރިން ރަތް ރޮނގުގެ ނިޝާން ފޮހެލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީގެކޮޅު، "މުރައިދޫގެ" ހިމެނޭ ސަރަހައްދުގައި ރެޑް ޒޯން ގާއިމުކޮށް ދަމާލި ރަތް ރޮނގު ފޮހެލައި ރީނދޫ ރޮނގުގެ ޒޯނެއް ގާއިމް ކޮށްފި އެވެ.

މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހު ދެވުނު ހަމަލާއަށްފަހު، މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެއަކަށް މުރައިދޫގެ ހަމަޖައްސަވައި، ދިވެހި ސިފައިންގެ އެދެމުގެ މަތީން އެ ސަރަހައްދުގައި ރެޑް ޒޯނެއް ގާއިމް ކުރީ އެ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައެވެ. އެއީ އެފަދައިން ރާއއޖޭގައި ރެޑް ޒޯނެއް ގާއިމް ކުރެވުނު ފުރަތަމަ ފަހަރެވެ. 

އެ ސަރަހައްދު ރެޑް ޒޯންއަކަށް ބަދަލުކުރުމުން އެސަރަހައްދުގައި މަޑުކޮށްގެން ތިބުމާއި ވެހިކަލް ޕާކްކުރުންވެސް އޮތީ މަނާ ކޮށްފައެވެ.

ސަރަހައްދު ރެޑް ޒޯންއަކަށް ބަދަލުކުރުމުން އެސަރަހައްދުގައި މަޑުކޮށްގެން ތިބުމާއި ވެހިކަލް ޕާކްކުރުންވެސް މަނާވެގެންދާނެއެވެ. އަދި އެސަރަހައްދުގައި މިހާރު ވަނީ ރަތް ރޮނގުވެސް ދަމާފައެވެ. މިއީ މާލޭގެ ވަކި ސަރަހައްދެއް މިފަދަ ގޮތަކަށް ރެޑް ޒޯންގެ ގޮތުގައި ކަނޑައެޅި ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

އެހެން ނަމަވެސް، މުރައިދޫގެ މަރާމާތު ކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ދިިރިއުޅުއްވުން މިދިއަ ހުކުރު ދުވަހު އެގެއަށް ބަދަލު ކުރެއްވުމަށްފަހު، ރަތް ރޮނގު ފޮހެލުމާއެކު ގޭގެ ވަށައި ބައެއް ސަރަހައްދުތަކުގައި ވެހިކަލް ޕާކު ނުކުރެވޭ ގޮތަށް ރީނދޫ ރޮނގު ވަނީ ދަމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.