ވައިގެ މަގުން އެތެރެ ކުރަނިކޮށް އަތުލަައިގެން ގިނަ އަދަދެއްގެ މަސްތުވާ ތަކެތި-- ފޮޓޯ: ސަން
ހަބަރު
29 Jul 2024 | 13:21
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 12 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މި މައްސަލައާއި ގުޅޭގޮތުން މިއަދު އިސްކަންދަރު ކޮށީގައި ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަސްޓަމްސް އިންޓެލިޖެންސްގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް މުހައްމަދު އަފްޒަލް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު އީކޭގެ ފްލައިޓަކުން ރާއްޖެ އައި މެލޭޝިއާގެ މީހެއްގެ ދަބަހުން ފެނުނު 15.38 ކިލޯގެ މަސްތުވާތަކެތީގެ އަގު 12.4 މިލިއަން ރުފިޔާ އަށް އަރާކަމަށެވެ.

އެމީހާ ރާއްޖެ އަށް އެތެރެކުރަން މަސައްކަތް ކުރަނިކޮށް އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއެވެ.

އަފްޒަލް ވިދާޅުވީ، މިއީ މެލޭޝިއާ މީހަކު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެން ފުރަތަމަ ފަހަރު ކަމަށާއި، މިއީ ބަރުދަނުގެ ގޮތުން ބަލާއިރު މި އަހަރު މިހާތަނަށް އަތުލައިގެން އެންމެ ބޮޑު އަދަދުގެ މަސްތުވާތަކެތި ކަމަށެވެ.

މިމީހާ ދަތުރުކުރި ރޫޓް އޮޅުވާލަން އެ މީހާ މަސައްކަތް ކޮށްފައިވާކަން ފާހަގަކުރަމުން  އަފްޒަލް ވިދާޅުވީ، ކަސްޓަމްސްއިން މީނާ ބަލައި ފާސްކުރުމުގެ ތެރޭގައި މީނާގެ އަތުން ފޭކް ޓިކެޓެއް ވެސް ފެނުނު ކަމަށާއި، އޭނާ ރާއްޖެއަށް އައިސްފައިވަނީ ބެންކޮކުން ދުބާއީއަށް ގޮސް، ދުބާއީ މަގުން ކަމަށެވެ.

"ކަސްޓަމްސްއިން މީނާ ބަލައި ފާސްކުރުމުގެ ތެރޭގައި މީނާގެ އަތުން ފޭކް ޓިކެޓް ވަނީ ފެނިފައި. މީނާ ރާއްޖެ އައިސްފައިވަނީ ބެންކޮކުން ދުބާއީއަށް ގޮސް، ދުބާއީން މާލެއަށް،"

އަފްޒަލް ވިދާޅުވިއެވެ.

މިކަމުގައި ޖުމުލަ ހަތަރު ގައުމެއްގެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ފުލުހުން ތުހުމަތުކުރާއިރު، ނާކޮޓިކްސް ކޮންޓްރޯލް އޮޕަރޭޝަންގެ ހެޑް ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އިބްރާހިމް އިމްރާން ވިދާޅުވީ ފުލުހުން ވަނީ މި މައްސަލައާއި ގުޅުން ހުރި 41 އަހަރުގެ ފިރިހެނަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައެވެ. 

މި މައްސަލައިގައި މިހާތަނަށް ދިވެއްސެއްގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ނުކުރެވޭއިރު، ހައްޔަރު ކުރި 44 އަހަރާއި 41 އަހަރުގެ ދެ ފިރިހެނުން ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ފުލުހުން ބޭރުގެ އިދާރާތަކާ ގުޅިގެން ކުރަމުން އަންނައިރު، މި މައްސަލައިގައި ހިމެނޭ އިތުރު ބަޔަކު އަދިވެސް އެބަތިބި ކަމަށް ގަބޫލުކުރެވޭކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.