ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
ހަބަރު
29 Jul 2024 | 12:59
ރިވިއު ކުރާ ފްލެޓް ލިސްޓު އަންނަ އޮކްޓޯބަރުގައި ގެޒެޓް ކުރަނީ

ކުރީ ސަރުކާރުން ގެނދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރަން ނިންމި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ރިވިޔުކޮށް، އަންނަ އޮކްޓޯބަރު މަހުގައި އާންމުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލު ނުކުރުމަށް އެދި މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، އެ ކަމާއި ގުޅިގެން ޖަވާބުދާރީ ވުމަށް މިނިސްޓަރ ހައިދަރު މިއަދު ވަނީ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހާޒިރު ކޮށްފައެވެ.

ކޮމިޓީގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވީ ފްލެޓް ލިސްޓް އުވާލަން ގަސްދުނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، ފުލެޓްތައް އޭގެ ހައްގުވެރިންނަށް ލިބޭކަން ޔަގީން ކުރެއްވުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެ ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް ނިމެންވާއިރަށް ފައިނަލް ލިސްޓު އާންމުކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

“ފްލެޓްތައް އިމާރާތްކޮށް ނިމެންވާއިރަށް އަޅުގަނޑުމެން ހުރިހާ، ހޮވޭ ފަރާތްތައް އިއުލާންކޮށް ފައިނަލް ލިސްޓު ގެޒެޓް ކުރާނަން، އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާ ތަނުގައި. އިރާދަކުރެއްވިއްޔާ އެހާތަނަށް އަޅުގަނޑުމެން ފައިނަލް ލިސްޓު އާންމު ކުރާނަން.“

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

މިއާއެކު މިނިސްޓަރު ވިދާޅުވީ އެއްވެސް ޝައްކަތެއް ނެތް މިންވަރަށް ޝަރުތުތައް ހަމަވާނަމަ އެ މީހެއްގެ ނަން ފައިނަލް ލިސްޓުގައި ހިމެނޭނެ ކަމަށެވެ. އަދި ޝަރުތު ހަމަވޭތޯ ބެލުމުގެ ކަންކަންވެސް އިންސާފުވެރިކޮށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.